އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ މެދުގައި އިންޓަރ ގްރޫޕް ޤުރްއާން މުބާރާތެއް ބައްވާފިއެވެ.
މި މުބާރާތާ ބެހޭގޮތުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ހާމަކުރިގޮތުގައި މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރްއާނަށް ލޯބި އަށަގެންނެވުމަށާއި، ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ބޭއްވި މުބާރާތެއް ކަމަށާއި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދަރިވަރުންގެ ފެންވަރަށް ބަލައި، ގްރޫޕްތަކަކަށް ބަހައިލަގެން، ކޮންމެ ގްރޫޕެއްގައި ގިނަވެގެން 6 ކުދިންހިމެނޭގޮތަށް ކަމަށެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން އިން އިތުރަށް ހާމަކުރި ގޮތުގައި މި މުބާރާތުގެ ސަބަބުން ޤުރްއާން ރަނގަޅައް ކިޔަން އިނގޭ ކުދިން ފާގަހަވެގެން ދިޔަކަމާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެށް މި މުބާރާތަށް ލިބިގެން ދިޔަކަމަށެވެ.
ދަރިވަރުންގެ މެދުގައި އިންޓަރ ގްރޫޕް ޤުރްއާން މުބާރާތެއް ބާއްވާފައި ވާއިރު ޤުރްއާން ޙިފުޒު މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިކަމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ހާމަކުރެއެވެ.
މީގެ އިތުރުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ކޯރ ކަރިކިޔުލަމް ބިނާވެފައިވަނީ ޤުރްއާނާއި އިސްލާމީ އަޚްލާޤް އަސާސަކަށް ބަލައިގެން ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ބަޔާއި އިސްލާމީ އުސޫލުތަކަށް އަމަލުކުރާނެ ގޮތާއި ދިވެހި ބަހާއި އަރަބި ބަސް ވެސް ކިޔަވައިދޭގޮތަށް ކަމަށާ މިބައިތަކާއެކު، އިންގްލިޝް ލިޓްރެސީ، ނިޔުމަރަސީ، ސައިންސް، ޓެކްނޯލޮޖީ އަދި ސޯސިއޯ-އެކޮނޮމިކްސް ފަދަ މާއްދާތައް އެކުލެވޭ އިންޓަރނޭޝަނަލް ކަރިކިޔުމަލެއްވެސް ކިޔަވައިދެމުން ދާކަމަށްވެސް އެ ސްކޫލުން ހާމަކުރެއެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ މި އަހަރުގެ ޖެނުއަރީ މަހުގައި އަލަށް ހުޅުވުނު ސްކޫލެކެވެ. އެ ސްކޫލުގައި 100 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...