ރާއްޖޭގެ ޚަބަރު އިންޑިއާގެ އާ ސަފީރު، އިސްލާމިކް މިނިސްޓަރ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ އާ ސަފީރު، އިސްލާމިކް މިނިސްޓަރ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ އާ ސަފީރު، އިސްލާމިކް މިނިސްޓަރ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ހައިކޮމިޝަނަރު ރަޖީވް ޝަހަރޭ، އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރީން މިއަދު ބުނީ ރަޖީވް ޝަހަރޭ މިއަދު ޑރ ޝަހީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށާއި އަދި އިސްލާމިކް މިނިސްޓަރީގައި މިއަދު މެންދުރު ފަހު މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅެގޮތުންނާއި އިންޑިއާގެ އިސްލާމިކް ޔުނިވާސިޓީތަކާއި ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިކަމަށެއެވެ.

މީގެއިތުރުން ދެ ބޭފުޅުންގެ ވާހަކައިގައި ރާއްޖެގައި ހުންނަ އާސާރީ މިސްކިތްތަށް މަރާމާތް ކުރުމާ ގުޅެގޮތުން ވެސް ވާހަކަ ދައްކަވާފައިކަމަށެވެ.

ރާޖީވް ޝަހާރޭ ހައިކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރީ ކުރިން އެމަގާމުގައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭގެ މަގާމުގެ ދައުރު މިދިޔަ އަހަރު ހަމަވެފައިވާތީއެވެ. ރާޖީވް ޝަހާރޭ އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އިންޑިއާގެ އެކްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. އޭރު އޭނާއަކީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ހުޅަނގު އޭޝިއާއާ ބެހޭ ބައިގެ ވެރިއާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.