މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ނައިބުގެ މަގާމް، ގދ. ތިނަދޫ މާފަރު ޝިދާތާ ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ދެއްވައިފި އެވެ.
ޝިދާތާ އަކީ ޢަދާލަތު ޕާޓީގެ ވަޒީފާއާއި އިޖުތިމާޢީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ ރައީސާގެ މަޤާމު އަދާކުރައްވަމުން ގެންދަވާ އަދި ކެއަރ ސޮސައިޓީގެ ޑިރެކްޓަރެއްގެ އިތުރުން ކުށްވެރިން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ސަރުކާރުން ހިންގާ ފެރޯލް ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑު ވެސް ޝިދާތާ ވަނީ ހާސިލުކުރައްވައިފަ އެވެ. މީގެއިތުރުން ޝިދާތާ އަކީ ޤާއުމީ ފެންވަރުގަޔާއި ބައިނަލްޢަޤުވާމީ ފެންވަރުގައިވެސް އަނިޔާ ލިބެމުންދާ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ހައްޤުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...