ރާއްޖޭގެ ޚަބަރު ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއް: ޑރ ވަހީދު

ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއް: ޑރ ވަހީދު

ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއް: ޑރ ވަހީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއްކަމަށް ރައީސް ޑރ މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޒިނޭގެ ކުށުގައި ހައްދު ޖެހުމަށް ހުކުމްކޮށްފައިވާ ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި ރައީސް އޮފީހުގެ ވެބްސައިޓުގައި އިނގިރޭސި ބަހުން ރައީސް ވަހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ "ރާއްޖެ އަކީ ޅަ ޑިމޮކްރަސީއަކަށް ވާ އިރު ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއް"ކަމަށެވެ. އަދި ރައީސް ޑރ ވަހީދު ވަނީ "މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރާއްޖެއާ އެކު ދެމި ތިބުމަށް" ގޮވާލާފައެވެ.

ރައީސް ޑރ ވަހީދު މީގެ ކުރިން ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވަނީ "ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވެ އޮވެ، ރާއްޖެއިން ތަރައްޤީއާއި ތަމައްދުންގެ ރޮނގުގައި އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަޅާފައިވާ ގިނަގުނަ ފިޔަވަޅުތަކަކީ، މުޅި ދުނިޔެއިންވެސް ބަލައިގަންނަ ފިޔަވަޅުތަކެއް"ކަމަށެވެ. އަދި "ދީނީ ހަރުކަށިކަން އެއްކިބާކޮށް، އިސްލާމް ދީން ގޮވާލައިފައިވާ މެދުމިނުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ނިމި ދިޔަ 2012 ވަނަ އަހަރުގެ ތެރޭގައި ކުރެވިފައިވާނެ"ކަމަށެވެ.

ރާއްޖެއަކީ ދީނީ ހަމަތަކާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލްތައް ގާއިމްކުރަމުން އަންނަ ގައުމެއްކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެފައިވެއެވެ. އަދި އެޓްވީޓް ވަނީ ފަހުން ތަފްސީލް ކޮށްދެއްވާފައެވެ. ރައީސް ވަހީދުގެ އެޓްވީޓްގެ ސަބަބުން އެތެރެއާއި ބޭރުގެ ފިއްތުންތައް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ޚަބަރު:

  • ފޭދޫ ކުއްޖާގެ މައްސަލަ ކޯޓައް ހުށައެޅިގެން ނުވާނެ: ރައީސް ވަހީދު
  • މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

    ކޮމެންޓް (0)

    ލޯޑް ކުރަމުން...

    ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.