ދަރުސް ޚަބަރު ކިބުރުވެރިކަމަކީ ޙައްޤު މަގުން އެމީހަކު އެއްކިބާ ކުރުވާ ނުރައްކާތެރިކަމެއް: އައްޝައިޚް ހައިޝަމް

ކިބުރުވެރިކަމަކީ ޙައްޤު މަގުން އެމީހަކު އެއްކިބާ ކުރުވާ ނުރައްކާތެރިކަމެއް: އައްޝައިޚް ހައިޝަމް

ކިބުރުވެރިކަމަކީ ޙައްޤު މަގުން އެމީހަކު އެއްކިބާ ކުރުވާ ނުރައްކާތެރިކަމެއް: އައްޝައިޚް ހައިޝަމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިބުރުވެރިކަމަކީ ޙައްޤު މަގުން އެމީހަކު އެއްކިބާ ކުރުވާ ނުރައްކާތެރިކަމެއްކަމަށް އައްޝައިޚް ހައިޝަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ނަޞޭޙަތް" ގެ 32 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ހައިޝަމް މުޙައްމަދު ވިދާޅުވީ "ކިބުރުވެރިކަމާއި ބޮޑާކަމަކީ ﷲ ސުބުޙާނަހޫ ޥަތަޢާލާ ޙައްޤު މަގުން އެމީހަކު އެއްކިބާ ކުރައްވައި އެކަލާނގެ އާޔަތްތަކުގެ މަތިން އެމީހާ ހަނދުމަ ނެތިކޮށްލައްވާވަރުގެ ނުރައްކާތެރިކަމެއް. އެހެންކަމުން ﷲ ސުބުޙާނަހޫ ޥަތަޢާލާ ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ކިބުރުވެރިވެ ބޮޑާ ނުވުމަަށް އެކަލާނގެ ވަނީ އެންމެހައި މީސްތަކުންނަށް އަމުރު ކުރައްވާފައި"ކަމަށެވެ. އަދި ޝައިޚް ހައިޝަމް އިތުރަށް ވިދާޅުވީ "އިންސާނެއްގެ ކިބައިގައި އަދި ޚާއްޞަކޮށް މުސްލިމެއްގެ ކިބައިގައި ހުރެގެން ނުވާނެ ނުރަނގަޅު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ކިބުރުވެރިކަމާއި ބޮޑާކަން"ކަމުގައާއިު "އެހެންކަމުން ﷲ ސުބުޙާނަހޫ ޥަތަޢާލާ ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ކިބުރުވެރިވެ ބޮޑާ ނުވުމަަށް އެކަލާނގެ ވަނީ އެންމެހައި މީސްތަކުންނަށް އަމުރު ކުރައްވާފައިވާ"ކަމަށެވެ.

"ހަފްތާ ނަޞޭޙަތް" މިޕްރޮގްރާމްގެ މަޤްޞަދަކީ ޢާންމުކޮށް ދީނީހޭލުންތެރިކަން އިތުރުކުރުމާއި، ޚާއްޞަކޮށް މުޖްތަމަޢުގައި އެދުވަސްވަރެއްގައި ހިނގާ ކަންކަމާ ގުޅޭގޮތުން ޢާންމުންނަށް ބޭނުންވާ ދީނީ މަޢުލޫމާތު ރާއްޖޭގައި ތިއްބެވި އިތުބާރުހުރި ޢިލްމުވެރިން މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައި ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.