އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިހް ޝަހީމް އިސްތިއުފާ ދެއްވައިފިއެވެ.
ދިއިސްލާމްއަށް ޝަހީމް އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ކޮށްދީފައިވާއިރު އިސްތިއުފާ ދެއްވި ސަބަބު އަދި އޮތީ 'ސިއްރެއް' ގެ ގޮތުގައެވެ. އެހެނަސް ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ޝަހީމު އިސްތިއުފާ ދެއްވާފައިވަނީ މިއަދު އޮތް މުޒާހަރާގެ މައްސަލާގައެވެ. އެމައްސަލާގައި ޝަހީމު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވާއިރު ޝަހީމު އިސްތިއުފާ ދެއްވާފައިވަނީ އެތައް ބަހުގެ ހަމަލާއެއް މިސަރުކާރުގެ އިސްވެރިންނަށް ދިނުމަށްފަހުގައެވެ. ތަފާތު މަގާމް ތަކުގައި ޝަހީމު ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑުކިޔާފައިވާއިރު ސަރުކާރުގެ އިސްފަރާތްތަކުގެ އިންޒާރުތަކާއި ބަހުގެ ހަމަލާތައް ޝަހީމުއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޝެއިހް ޝަހީމު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުން އިސްތިއުފާ ދީފައިވާއިރު ރަސްމީކޮށް އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައެއް ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...