ދީނީ ގޮތުން ހައްދުފަނައަޅާފައިވާ މީހުންނަށް ރާއްޖޭގެ ރައްޔިތުންގެ ތާއިދު ނެތްކަމަށް ރައީސް މުހައްމަދު ނަޝީދު ބުނެފިއެވެ.
“ބުލޮގް ފޮރިން ޕޮލިސީ” އަށް ދީފައިވާ ބަސްދީގަތުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވަނީ "ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުން އާންމު ވަމުންދާ" ކަމަށާއި އެހެނަސް "ދީނީ ގޮތުން ހައްދުފަނައަޅާފައިވާ މީހުންނަށް ރާއްޖޭގެ ރައްޔިތުންގެ ތާއިދު ނެތް"ކަމަށެވެ. އަދި ނަޝީދު އިތުރަށް ބުނެފައިވަނީ "އެމީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދި ކައުންސިލް އިންތިހާބުގައި ވާދަ ކޮއްގެން ވެސް އެމީހުންނަށް އެންމެ ގޮނޑިއެއްވެސް ނުލިބޭ"ކަމަށާއި "ނަމަވެސް މިހާރު ކެބިނެޓުގެ ތިން ވުޒާރާއެއްގެ މިނިސްޓަރުންގެ ގޮތުގައި ތިބީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން" ކަމަށެވެ.
ރައީސް ނަޝީދުގެ މިބަސްދީގަތުމުގައި އިސްލާމީ ޝަރީއަތް ރާއްޖޭގެ ޤާނޫނު އަސާސީގައި ހިމަނާތީ އެކަމަށް ކަންބޮޑުވުން ފާޅުކޮށްވެސް ވަނީ ވާހަކަ ދައްކާފައެވެ. ނަޝީދު ބުނެފައިވަނީ "އަތް ކެނޑުމާއި މަރުގެ އަދަބު ދިނުމާއި ރަޖަމް ކުރުން ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ އެކަން ދުނީޔޭގެ ސަމާލުކަމަށް ނާންނަ"ކަމަށާއި "އެކަންކަން ބެލުމުގައި ދުނިޔޭގެ ގައުމުތައް ފެއިލްވެފައިވާ"ކަމަށެވެ.
'މެދުމިނު'ގައި ތިބެން ދިވެހިން ބޭނުންވާ ވާހަކަ އަނެއްކާވެސް ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ. ނަޝީދު ބުނެފައިވަނީ "ދިވެހިން ބޭނުންވަނީ މެދުމިނުގައި ތިބެން ކަމަށާއި ވެރިކަން ދިނީ އެހެންވެގެން. ދެންވެސް އެމަނިކުފާނަށް ވެރިކަން ދޭނީ އެސަބަބަށް ޓަކައި"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...