ކޮންމެ މަހެއްގެ ފުރަތަމަ ހޮނިހިރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައި ހުންނަގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް ބޭންކުން ހާމަކުރެއްވި ގޮތުގައި، ކޮންމެ މަހެއްގެ ފުރަތަމަ ހޮނިހިރުގައި އެބޭންކް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖެއްސީ، ޙިދުމަތް ހޯދާމީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު ކަސްޓަމަރުންނާއި އާންމުންގެ ފަސޭހައަށްޓަކައި ކަމަށެވެ. އެބެންކްއިން އިތުރަށް ހާމަކުރިގޮތުގައި މިމަހުގެ 6 ން ފެށިގެން ކޮންމެ މަހެއްގެ ފުރަތަމަ ހޮނިހިރުގައި ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 10ން މެންދުރު ފަހު 2އަށެވެ.
އިސްލާމިކް ބޭންކުން ހޮނިހިރު ދޭ ޚިދުމަތްތަކުގައި، އެކައުންޓް ހުޅުވުމާއި، ޗެކާއި ފައިސާ ޑިޕޮސިޓް ކުރުމާއި އަދި އޭޓީއެމް ކާޑް ގެ ޚިދުމަތް އެދޭ ފޯރމް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ފައިސާ ނެގޭނީ ހަމައެކަނި އަމިއްލަ އެކައުންޓުން ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމިކް ބޭންކް އެވެ. ބައިނަލްއަޤްވާމީ އެވޯޑެއްވެސް ލިބިފައިވާ މި ބޭންކް ހުޅުވާފައިވަނީ މާޗް 7، 2011 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...