ރާއްޖޭގެ ޚަބަރު ޢަރަބި ޤައުމުތަކާއި ބަލިކަށިކޮށް އޮތް ގުޅުން ބަދަހިކުރެވޭތޯ މަސައްކަތް އެބަ ކުރަން: ރައީސް ވަހީދު

ޢަރަބި ޤައުމުތަކާއި ބަލިކަށިކޮށް އޮތް ގުޅުން ބަދަހިކުރެވޭތޯ މަސައްކަތް އެބަ ކުރަން: ރައީސް ވަހީދު

ޢަރަބި ޤައުމުތަކާއި ބަލިކަށިކޮށް އޮތް ގުޅުން ބަދަހިކުރެވޭތޯ މަސައްކަތް އެބަ ކުރަން: ރައީސް ވަހީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަރަބި ޤައުމުތަކާއި ބަލިކަށިކޮށް އޮތް ގުޅުން ކުރިއަށްވުރެން ބަދަހިކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ކުވައިތަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވަހީދު ވިދާޅުވީ "މިދޭތެރެއިން އެނގިވަޑައިގަންނަވާނޭ ފަދައިން، ބައެއް ޢަރަބި ޤައުމުތަކާ ތަންކޮޅެއް ބަލިކަށިކޮށް ދިވެހިރާއްޖޭގެ ގުޅުންތައް މިއޮތީ. އެހެން ނަމަވެސް، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، މިހާރު ޢަރަބި ޤައުމުތަކާ އޮތް ގުޅުން، ކުރިއަށްވުރެން ބަދަހިކުރެވޭތޯ." ކަމަށާއި "އެގޮތުން މީގެކުރިންވާނީ އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށާއި އަދި ޤަޠަރަށް ރަސްމީ ދަތުރުކޮށްފައި."ކަމަށެވެ. ރައީސް ވަހީދު އިތުރަށް ވިދާޅުވީ "މިވަގުތު ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައިވެސް ކުވޭތުން ކިޔަވައި ވިދާޅުވި ބޭފުޅުންވެސް އެބަތިއްބެވި. އެހެންވީމާ، ކުވޭތަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ޤައުމެއް. މިދަތުރުގެ ސަބަބުން އަޅުގަނޑު ޔަޤީންކުރަން، ދިވެހިރާއްޖެއާއި ކުވޭތާ ދޭތެރޭގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެ"ކަމަށެވެ.

ދިވެހިރާއްޖެއާއި ކުވޭތުގެ ގުޅުން ހީނަރުވެފައިވާ މިންވަރު ހާމަކުރައްވާ ރައީސް ވަހީދު ވިދާޅުވީ ކުވޭތަކީ ރާއްޖެއަށް ތަޢުލީމީ ގޮތުންވެސް ވަރަށް ބޮޑަށް އެހީވެދެއްވަމުން ގެންދެވި ޤައުމެއް ނަމަވެސް، މިހާރު ކުވޭތުގައި ދިވެހި އެއްވެސް ކުއްޖަކު، އެއްވެސް ބޭފުޅަކު ކުވޭތުގެ ސަރުކާރުގެ އެހީގައި ކިޔަވާ ވިދާޅުވާކަށް ނެތްކަމަށެވެ. އެހެންކަމުން ކުވޭތާއި ވާހަކަ ދައްކައި އަނެއްކާވެސް ކުވޭތުގެ ސްކޮލަރޝިޕް ދިވެހިރާއްޖެއަށް ލިބޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.