ޔޫރަޕު އާޖެންޓީނާގައި ފެންބޮޑުވެ 54 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލިއްޖެ

އާޖެންޓީނާގައި ފެންބޮޑުވެ 54 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލިއްޖެ

އާޖެންޓީނާގައި ފެންބޮޑުވެ 54 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާޖެންޓީނާގައި ފެންބޮޑުވެ 54 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލިފައިވާކަމަށް އާޖެންޓީގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.

އާޖެންޓީނާގެ ވެރި ރަށަށް ކުރަމުންދާ ވިއްސާރައިގެން ސަބަބުން މަދުވެގެން 54 މީހަކު މަރުވެފައިވާކަމަށާއި 1 ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އާޖެންޓީނާގެ ރަސްމީ އިދާރާތަކުން ޚަބަރު ދެއެވެ. ފެންބޮޑުވެ ލިބެމުންދާ ގެއްލުމުގައި ކާރުތަކުގައި ތާށިވެގެންވެސް ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާއިރު އެސަރަހައްދުގެ ސްކޫލްތަކާއި ރަސްމީ އިދާރާތައް ވަނީ ބަންދުކޮށްފައެވެ. މީގެ ކުރިން އާޖެންޓީނާގެ ވެރިރަށަށް ކޮށްފައިނުވާވަރަށް ވިއްސާރަ ވެހި އެތައް ގެއްލުމެއް ލިބިފައިވާއިރު 2 ލައްކަ 80 ހާސް މީހުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެ ހާލުގައިޖެހިފައިވާކަމަށް އެޤައުމުގެ ޕްލޭނިންގ މިނިސްޓަރާއި ހަވާލާދީ މީޑިއާ ޚަބަރު ދެއެވެ.

އާޖެންޓީނާގައި ހާލުގައި ޖެހިފައިވާ ސަރަހައްދަށް އާޖެންޓީނާގެ ރައީސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.