އަރަބިދުނިޔެ މާރޗް 2013: މިހާތަނަށް ސީރިޔާ ހަނގުރާމައިގެ އެންމެ ގެއްލުން ބޮޑު މަސް

މާރޗް 2013: މިހާތަނަށް ސީރިޔާ ހަނގުރާމައިގެ އެންމެ ގެއްލުން ބޮޑު މަސް

މާރޗް 2013: މިހާތަނަށް ސީރިޔާ ހަނގުރާމައިގެ އެންމެ ގެއްލުން ބޮޑު މަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ މާރޗް މަހަކީ، 2 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ގެއްލުން ބޮޑު މަސްކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ފަރާތުން ހާމަކޮށްފިއެވެ. މިދިޔަ މާރޗް މަހު އެކަނިވެސް 6000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވުނު ނަމަވެސް، އަޞްލު ޢަދަދު މިއަށްވުރެ އިތުރުވެގެންހިނގައިދާނެ ކަމަށް އެފަރާތުން ބުނެއެވެ.

އޮބްޒަވޭޓަރީ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ނިމިދިޔަ މަހު ސީރިޔާގެ އަސްކަރިއްޔާގެ 1464 މީހުން މަރުވެފައިވާއިރު، އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން 1486 މީހުން މަރުވެފައިވެއެވެ. އަދި ޢާއްމުންގެ ތެރެއިން 2080 މީހުން މަރުވެފައިވެއެވެ. އޭގެތެރޭގައި 298 ކުޑަކުދިންނާއި 291 އަންހެނުން ހިމެނޭކަމަށް އިނގިރޭސި ވިލާތުގައި މަރުކަޒުކުރެވިގެން ހިންގާ  މިޖަމާޢަތުން ހާމަކުރެއެވެ. މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރާ ހިސާބުތައް ޙަޤީޤަތާ ގާތްކުރާނެ ނަމަވެސް އަދި މިހާތަނަށް މާރޗް މަހުގެ ތަފާސް ހިސާބުތައް މުޖާހިދުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ސީރިޔާގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ އެޤައުމުގެ އަނިޔާވެރި ވެރިޔާ ބައްޝާރުލް އަސަދާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. އެގޮތުން 2011 ވަނަ އަހަރުގެ މާރޗް މަހު ފެށުނު ޖިހާދު އަދިވެސް ކުރިއަށް އެބަދެއެވެ. ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސީރިޔާގެ ވެރިކަމުގައި މިހާރު ހުރި ބައްޝާރުލް އަސަދަކީ ޢަލަވީ މަޒްހަބަށް ނިސްބަތްވާ މީހެކެވެ. ނުޞައިރީން ނުވަތަ ޢަލަވީންނަކީ ކާފިރުން ކަމަށް ޢިލްމުވެރިން ވިދާޅުވާއިރު، ބައްޝާރުލް އަސަދާއި އޭނާގެ ވަފާތެރިންދަނީ މާތްﷲ ފިޔަވާ އެހެނިހެން ފަރާތްތަކަށް ސަޖިދަ ޖަހާ އެކަމަށް މީސްތަކުންނަށް މަޖްބޫރުކުރުވަމުންނެވެ. ސީރިޔާގެ މިހާރުގެ ވެރިކަމާ ދެކޮޅަށް ކުރެވޭ ޖިހާދުގައި އެމީހަކަށް ވީ މިންވަރަކުން ބައިވެރިވެ އެހީތެރިވުމަށް އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރީން ގޮވާލައްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.