ޖިހާދު އޭނަގެ ޒުވާން އުމުރުން ބައެއް ހޭދަކޮށްލީ ތެދުވިވަޑާންކުރުމުގައި މީހެއްގެ ވަޑާންގޭގައެވެ. އެ ބުރަ މަސައްކަތުން ޖިހާދަށް ނުހަނު ހިތްހަމަޖެހުން ލިއްބައިދެއެވެ. ޖިހާދަށް ސާޅީސްއަހަރު ފުރިނީވެސް މިބުރަ މަސައްކަތުގައި އުޅެނިކޮށެވެ. ވަޑާންގޭގައި އުޅޭ މީހުންގެ ތެރެއިން ޖިހާދު ދެކޭގޮތުގައި އޭނަޔަކީ އެތަނަށް ވަރަށް މުހިންމު މީހެކެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު ޖިހާދުގެ ސާހިބު މީހާ ވަޑާންގޭ ވެރިޔާ އައިސް ޖިހާދާ ދިމާލަށްބުނެޏެވެ. "ކަލޭ ތިހިރީ ވަޒީފާއިން ވަކޮށްފައެވެ. މީގެފަހުން ދެންމިތަނަށް ނާންނާށެވެ." ޖިހާދަށް މިއަޑުއިވުނީ ހޮނު ގުގުރިއެއްފަދައިންނެވެ.
ބޮޑުވެގެންވާ މުޞީބާތަކަށްވުރެ މިކަން ޖިހާދަކަށް ކުޑައެއްނުވިއެވެ. އެތަނުން ނުކުމެގެން ޖިހާދު ހިނގައިގަތީ ބޯހާސްވެ، ހަދާނެގޮތްހުސްވެ، ސިކުނޑި ސުމަކަށްގޮސްފައިވާ ހާލުގައެވެ. އެވަޒީފާގެއްލިގެން ދިއުމުން ހަޔާތުގެ އުފާވެރިދުވަސްތައް މުޅީން ގެއްލިގެންގިޔައީއެވެ. ލިބުނު ފުންހިތާމައެއްގެ ސަބަބުން ލޮލުން ކަރުވެސް ހިކިގެންދިޔައީއެވެ. ރޯނެހާހިތްވަރެއްވެސް ޖިހާދަކަށް ނުލިބުނެވެ. ގެޔަށް ކާއެތިކޮޅެއްލިބޭ ހަމައެކަނި ވަސީލަތަކީ ޖިހާދުވެ ވަޒީފާއެވެ. ކުރެވޭނޭ ފުންހިތާމަ އަންދާޒާކޮށްލައްވާށެވެ. ވަޒީފާނެތިދިއުމުން ޖިހާދަށް ރިޒުޤު ބަންދުވެ އުޑު ބަނަވެ މުޅިދުނިޔެ އޭނަޔަށް އަނރިދިވެގެންދިޔައެވެ.
ޖިހާދަށް އެންމެ އުނދަގޫވިއެއްކަމަކީ ދިރިއުޅުމަށްޓައި ކުރަމުން އައިމަސައްކަތް ކަމުގައިވާ ވަޑާންގޭ ވަޒީފަ ގެއްލުނު ވާހަކަ އަނބިމީހާ ކައިރީ ބުނުމެވެ. ނުބުނެ ކުރާނީވެސް ކޮންކަމެއްތޯއެވެ. ހަދާނެ ގޮތް ހުސްވެ ތުރުތުރުއަޅާޙާލު ޖިހާދަށް ޖެހުނީ ގެއަށްދާށެވެ.
ޖިހާދުގެ ވަޒީފާ ގެއްލުމުން ޖިހާދުގެ އަންހެނުން އެކަމާއި ކުރިމަތިލީ ފިރިމީހާޔާ މުޅިން ތަފާކޮށް ވަރަށް ކެއްތެރިކަމާއި އެކުގައެވެ. ޖިހާދަށް ހިތްވަރުދެމުން އަނބިމީހާ ބުނެލިއެވެ. "މި ގެ މޯގްކުރުމަށްފަހު ލޯނެއްނަގަމާ ހިނގާށެވެ. އެއަށްފަހު ގެދޮރު މަރާމަތުކުރުމާއި، ޢިމާރާތްކުރުމުގެ މަސައްކަތެއް ފަށަން ވީނޫންހެޔެވެ."
ޖިހާދު ހަމަކަންކުރީ އެފަދައިންނެވެ. ލޯނެއްނެގުމަށްފަހު އެފައިސާއިން ކުޑަކުޑަ ދެގެ ޢިމާރާތްކުރިއެވެ. މިދެގެ ޢީމާރާތްކުރުމަށް ޖިހާދަށް ނުހަނު ބުރަ މަސައްކަތް ކުރަންޖެހުނެވެ. ގޭގެ މަސައްކަތް ހަމަނިމުމާއެކު ވަރަށް ރަނގަޅު ފައިދާއެއްގައި މިދެގެ ވިއްކަލެވުނެވެ. މިކަމުން ޖިހާދަށް ލިބުނީ އިތުރު ހިއްވަރެކެވެ. މިހެން މަސައްކަތްކުރަމުންގޮސް ކުދި ގެ އިމާރާތްކުރުމުގެ ހުރިހާ ޕްރޮޖެކްޓްތަކެއް ޖިހާދަށް ލިބި އޭނާ މަސްހޫރު ވެއްޖެއެވެ. ﷲ ގެ މިންވަރުފުޅާއި ޖިހާދުގެ ގަދަ އަޅާ ކުރިމަސައްކަތުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އޭނާ މިލިއަނަރަކަށްވެ މިހާރު ލިބެމުންދަނީ ޤައުމުގެ ފާހަގަކޮށްލެވޭފަދަ ބޮޑެތި ބޮޑެތި ޢިމާރާތްތައްކުރުމުގެ ކޮންޓްރެކްޓް ތަކެވެ. ޖިހާދުގެ މިމަސައްކަތް އެންމެ ފަހުން އިންޓްރނޭސަނަލް މަސައްކަތަކަށް ފުޅާވެގެންދިޔައެވެ.
ޖިހާދުގެ ޑައިރީ ހުޅުވާލުމަށްފަހު މާޒީ ހަނދާންކުރަމުން ލިޔެލިއެވެ. އެދުވަހު އަހަރެން އެ ވަޒީފާއިން ވަކިކުރިމީހާ އުޅޭތަނެއްމިހާރު އަހަންނަށް އެނގޭނެނަމަ އަހަރެން އޭނާގެ ކައިރިއަށްގޮސް ހިތުގެއެންމެއަޑިން ޝުކުރު އަދާކުރާނަމެވެ. އެއީ އަހަންނަށް އެދުވަހު ކުރިމަތިކުރުވު ކަންތައްތަކުގެ ސަބަބުން އަހަރެންގެ ބުއްދިގޯސްވެ ކޮސްގޮވޭ ހިސާބަށްވެސް ދިޔައެވެ. ނަމަވެސް އެކަމުން އަހަންނަށް ލިބުނު ފިލާވަޅަކީ މާތް ﷲ މީހަކަށް އެއްދޮރު ބަންދުކުރައްވާނަމަ އޭގެ ބަދަލުގައި އެހެންދޮރެއް އެ މީހަކަށްޓަކައި ހުޅުއްވައިދެއްވާނެ ކަމެކެވެ. އަހަރެންނާއި އަހަރެންގެ ޢާއިލާއަށްޓައި މާތްﷲ ހުޅުއްވައިދެއްވިދޮރުގެ މާތްކަން ދެކިބަލާށެވެ.
އޭ ރަޙުމަތްތެރިންނޭވެ! ހަޔާތުގެ ކޮންމެ ހިސާބަކުން ނަމަވެސް ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެނަމަ އެއީ ތިބާގެ ނިމުންކަމުގައި އެއްގޮތަކަށްވެސް ދެކިގެންނުވާނެއެވެ. ހިތްވަރާއެކު ތެދުވެ މާތްﷲ ތިބާއަށްދެއްވާފައިވާ ކުޅަދާނަ ކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި އެހެން ދާއިރާއަކުން ނުވަތަ އެހެން މަސައްކަތަކައިގެ ކުރިޔަށްދާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ. ކަންކަންކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރު އަހަރެމެންނަށް ލިބިގެންވާއިރު ގޮތްހުސްވެ އަތްއުރާލައިގެން ތިބެގެންނުވާނެއެވެ.
މާތްﷲގެ ވަހީބަސްފުޅެއްގައިވެއެވެ. "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށްވެދާނެއެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައި މީހުންނަކަށް ނޭނގެއެވެ." (ބަޤަރާސޫރަތުގެ: 216 ވަނަ އާޔަތް )















ވ.ނަލަ ވާހަކައެއް
ވވވ އިބްރަތްތެރި ފިލާވަޅެއް……..
މީވަރަށް އިބުރަތްތެރި ވާހަކައެއް.
ވަރަށް ރީތި.. މާޝާ ﷲ