ރާއްޖޭގެ ޚަބަރު ސަރުކާރު ޤަބޫލު ނުކުރާ ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ބަލައިނުގަތް!

ސަރުކާރު ޤަބޫލު ނުކުރާ ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ބަލައިނުގަތް!

ސަރުކާރު ޤަބޫލު ނުކުރާ ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ބަލައިނުގަތް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރު ގަބޫލުނުކުރާ ކައުންސިލްތައް އުވާލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުން އެ ބިލް ބޭރުކޮށްލާފައިވަނީ މަޖިލީހުގެ 30 މެންބަރުން ވޯޓުންނެވެ. އެ ބިލް ބަލައިގަތުމަށް 13 މެންބަރުން ވޯޓު ދެއްވައިފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ރިޔާޒް ރަޝީދު އިތުރުކުރައްވަން ހުށަހެޅުއްވި އަކުރުގައި ބުނެފައި ވަނީ “އެއްވެސް ކައުންސިލަކުން އެއިރެއްގައި އޮންނަ ސަރުކާރު ގަބޫލު ނުކުރާ ކަމަށް ބުނެ ނުވަތަ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކައުންސިލަކުން އަމިއްލައަށް ކަނޑައަޅައިފި ނަމަ އެ ކަނޑައެޅުމެއް ކަނޑައަޅާ ވަގުތުން ފެށިގެން އެ ކައުންސިލެއް އުވުނީ އެ” މިހެންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބޭރުކޮށްލާފައިވާއިރު، މިހާރުގެ ސަރުކާރު ވެރިކަމަށް އައި ދުވަސްކޮޅު އެ ސަރުކާރު ގަބޫލުނުކުރާ ކަމަށް ސިޓީ ކައުންސިލްތަކާއި އިތުރު ބައެއް ކައުންސިލުންތަކުން ވަނީ ބުނެފައިވެ އެވެ. އެ ނިންމުންތަކާ ގުޅިގެން ސަރުކާރާއި އެ ކައުންސިލްތަކާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދި ބައެއް ޚިދުމަތްތަކަށް ބުރޫ ވެސް އަރާފައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.