އިދާރީ ގޮތުން ކަންތައްތަކެއް ހަމަނުޖެހި ހުރުމުގެ ސަބަބުން އިޒުރޭލުން އައި 'އައި ފްރޮމް ޒިއޮން' ޓީމުގެ ޑޮކުޓަރަރުންގެ މަސައްކަތް ފަސްކޮށްފިއެވެ.
މިޑޮކުޓަރުން އައި.ޖީ.އެމް. ހޮސްޕިޓަލުގައި، މަސައްކަތް ފެށިތާ 2 ގަޑިއިރު ފަހުން މަސައްކަތް ހުއްޓާލައި، އެޑޮކްޓަރުންނަށް ދެއްކުމަށް ހައްދާފައިވާ އެޕޮއިންޓްމެންޓްތައް ފަސްކޮށްފިވާކަމަށް މާލޭ ހެލްތު ކޯޕަރޭޝަން ގެ މީޑިޔާ ކޮޑިނޭޓަރ ޒީނަތު ޢަލީ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ. ޒީނަތު ވިދާޅުވެފައިވަނީ، އިދާރީ ގޮތުން ކަންތައްތަކެއް ހަމަނުޖެހި ހުރުމުގެ ސަބަބުން، އެޑޮކުޓަރުންގެ ޚިދުމަތް މަޑުޖައްސާލަފައިވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހި ހުރީ ކޮންކަންތައްތަކެއްކަމެއް ޒީނަތު ވިދާޅުނުވެއެވެ.
އިދާރީ ގޮތުން ކަންތައްތަކެއް ހަމަނުޖެހި ހުރިކަންތައްތަކަކީ، އެޑަކްޓަރުންނަކީ، އެމް.ބީ.ބީ.އެސް ނިންމާފައިވީ ނަމަވެސް ލޮލުގެ ބަލިތަކަށް އަދި އޮޕަރޭޝަން ކުރުމަށް ސުޕެޝަލައިޒްޑް ވެފައިވާ ޑޮކުޓަރުންނަށް ނުވުމާއެކު، މެޑިކަލް ކައުންސިލުން މިޑޮކުޓަރުން އައި.ޖީއެމްއެޗްގެ މަސައްކަތް ކުރުމުގެ ހުއްދަ ދިފައި ނުވާތީކަށް ދިއިސްލާމަށް ވަނީ މަޢުލުމާތު ލިބިފައެވެ.
އިޒުރޭލުގެ ޑޮކުޓަރުންގެ މިކަންތައްތައް މިގޮތައް ހަމަނުޖެހި ހުރުމުގެ ސަބަބުން މިއަދު އެޑޮކުޓަރުންނަށް ދެއްކުމަށް ހޮސްޕިޓަލަށް ގޮސްތިބި ގިނަ އަދަދެއްގެ ބަޔަކުވަނީ އެކަމުގެ ހިތް ހަމަނުޖެހިގެން ވާހަކަ ދައްކާފައެވެ. އިޒްރޭލުގެ ޑޮކްޓަރުންނަށް ދެއްކުމަށް 700 މީހުން ނަންނޯޓް ކޮށްފައިވާއިރު ވިއްސައްވުރެ ގިނަ އޮޕަރޭޝަން ކުރާނެކަމަށް ހަބަރު ލިބެއެވެ. އަދި އޮޕަރޭޝަން ކުރާ މީހުން ބައިތިއްބާނީ ތާޖުއްދީން ސްކޫލްގައއި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...