ރާއްޖޭގެ ޚަބަރު ރައީސް ޒިލުލް ރަހުމާން ގެ ޖަނާޒާއަށް އިސްލާމިކް މިނިސްޓަރު ބަންގްލަދޭޝްއަށް ފުރައިފި

ރައީސް ޒިލުލް ރަހުމާން ގެ ޖަނާޒާއަށް އިސްލާމިކް މިނިސްޓަރު ބަންގްލަދޭޝްއަށް ފުރައިފި

ރައީސް ޒިލުލް ރަހުމާން ގެ ޖަނާޒާއަށް އިސްލާމިކް މިނިސްޓަރު ބަންގްލަދޭޝްއަށް ފުރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

shaheeem sheikh maldives

ރައީސް ޒިލުލް ރަހުމާން ގެ ޖަނާޒާއަށް އިސްލާމިކް މިނިސްޓަރު ބަންގްލަދޭޝްއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓަރ އައްޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ބަންގްލަދޭޝްއަށް ވަޑައިގެންފައިވަނީ ރާއްޖޭގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޒިލުލް ރަހުމާން ގެ ޖަނާޒާގައި ބައިވެރިވުމުގެ ގޮތުންނެވެ. ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ "ބަންގްލަދޭޝްއަށް ފުރަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޖަނާޒާގައި ބައިވެރިވުމަށް"ކަމަށެވެ. އިސްލާމިކް މިނިސްޓަރު ބަންގްލަދޭޝްއަށް ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ބަންގްލަދޭޝްގެ 19 ވަނަ ރައީސް ޒިލުލް ރަހުމާން އަވަހާރަވުމާއި ގުޅިގެން ރައީސް އޮފީހުން ވަނީ އެކަމުގެ ހިތާމައިގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ގައުމީ ދިދަ ތިރިކުރުމަށް ނިންމާފައެވެ. އަދި ޒިލުއް ރަހުމާން އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ ވަހީދު ވަނީ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފަ އެވެ.

ޒިލުލް ރަހުމާން އެޑްމިޓްކޮށްފައި ވަނީ ކިޑްނީ އާއި ނޭވާލާ ނިޒާމުގެ އާލާސްކަންފުޅެއްގައި ކަމަށެވެ. ނޭވާލާ ނިޒާމުގެ އާލާސްކަންފުޅެއްގައި ޒިލުލް ރަހުމާން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ޑާކާގެ ކޮމްބައިން މިލިޓަރީ ހޮސްޕިޓަލް (ސީއެމްއެޗް) ގައި އެޑްމިޓްކޮށްފަ އެވެ. ސިންގަޕޫރަށް ބަދަލުކުރީ ސީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ހާލު ދަށަށްދާން ފެށުމުންނެވެ. އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށް ފަހު ރައީސް ޒިލުލް ރަހުމާން އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިމަހު 20 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 84 އަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.