19. ކޮނެކޮނެގެން އަނބިމީހާގެ ކުށްދަށްކަން މަސައްކަތްނުކުރާށެވެ. ޚާއްޞަގޮތެއްގައި ދަރިންނާއި އެހެންމީހުންގެ ކުރިމަތީގައި އަނބިމީހާގެ ޢައިބުތައް ހާމަނުކުރާށެވެ. މިފަދަ ޢަމަލުކުރުމަކީ ދިރިއުޅުމަށް ނޭދެވޭނޭ އަސަރު ކުރާނެ ކަންކަމެވެ. ޚާއްޞަކޮށް އެހެން ބައެއްގެ ކުރިމަތީގައި އަނބިމީހާޔާދިމާލަށް އެއްޗިހިކިޔާ އަގުވެއްޓޭފަދަ ޢަމަލުކޮށްގެން ނުވާނެއެވެ. ކަމެއް ގޯސްވުމުގެ ސަަބަނުން އެކަމަކާ މެދު ވާހަކަ ދައްކަން ޖެހިއްޖެ ނަމަ އަނބިމީހާ އެކަހެރި ކުރުމަށްފަހު އޭނާގެ ރަނގަޅު ދެތިން ކަމެއް ފާހަގަ ކުރުމާއެކު ނޭދެވޭ ކަންތަކުގެ ވާހަކަ ދައްކާށެވެ. މަޤުޞަދަކީ އެކަން އިސްލާޙު ކުރުން ކަމުގައި ވާންނާނެއެވެ. މީހުންގެ ކުރިމަތީގައި އެފަދަ ވާހަކަ ދެއްކުމުން ދިރިއުޅުން އާރާސްތުވުމުގެ ބަދަލުގައި ފުނޑު ފުނޑުވުން ނޫން ކަމެއް ނުވާނެއެވެ.
20. އެއްވެސް އިންސާނަކަށް މަލާމަތްކޮށް ހީނހަދާ ލަދުވެތިބަސްތައް ރައްދުކޮށް ހެދުން ކީރިތި ރަސޫލާ ވަނީ މުޅީން މަނާ ކުރައްވާފައެވެ. ތިބާގެ އަނމިބީހާ މިކަމަށް މާހައްޤުކަން ބޮޑުވެގެންވެއެވެ. އެއްގޮތަކަށްވެސް އަނބީމީހާ ލަދުގަންނަވާ މާލާމާތްކޮށް ހަދައިގެން ނުވާނެއެވެ.
21. އަނބިމީހާ ނެއްތަންތަނުގައި އޭނަގެ ގޯސް ވާހަކަ ނުދައްކާށެވެ. އެއީކަނޑައެޅިގެން ވަރަށް ބޮޑު ފާފައެކެވެ. އެއީ ތިމާގެ އަޚާގެ މުޅަ މަސްކެއުންފަދަކަމެކެވެ. ޚާއްޞަކޮށް ތިބާގެ މައިންބަފައިންގެ ކުރިމަތީގައި އަނބިމީހާގެ ނޭދެވޭ ކަންކަމުގެ ވާހަކަ ނުދައްކާށެވެ. އަދި އަނބިމީހާއަށް ރައްދުކޮށް އެހެން މީހަކު އެއްޗިހި ކިޔާނަމަ އަނބިމީހާ ދިފާޢުކުރުމީ ހެޔޮކަމެކެވެ.
22. އަނބިމީހާގެ ޢައިބު ހޯދާ ނަހަދާށެވެ. އެއީ ﷲ ގެ ރަސޫލާ ހަރުކަށިކޮށް މަނާ ކުރައްވާފައިވާ ކަމެކެވެ. ކޮންމެ އިންސާނެއްގެ ޢައިބުހުންނާނެއެވެ. ތިބާއަކީވެސް ޢައިބުން ޠާހިރު ވެގެންވާ މީހެއްނޫނެވެ.
23. އަނބިމީހާ ގާތު ޝަކުވާ ކުރިކަމުގައިވިޔަސް ކަންކަމުގައި އިލްޒާމު އަޅުވައި ނަހަދާށެވެ. ޝަކުވާ ކުރާނަމަވެސް އެކަހެރިކޮށްތިބެ ޝަކުވާކުރާށެވެ. އޭނާ ކުއްވެރިކުރުމުގެ ބަދަލުގައި އިސްލާހުކުރަންޖެހޭ ކަމަކާމެދު ވާހަކަދައްކާށެވެ. މިސާލަކަށް ކެއްކިރިހަ މީރުނޫންނަމަ، "ކުރީދުވަހުގެ ރިހަހާމީރެއްނޫނޭ" ބުނެވިދާނެއެވެ. "ކަލެއަކަށް ރިހަކައްކާކަށްނޭނގެޔޭ" ނުބުނާށެވެ. އިސްލާޙުކުރަންޖެހޭ ކަމަކާ މެދު ވާކަދައްކާނަމަ މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކާށެވެ. މިފަދަ ވާހަކައެއް ދައްކަންފެށުމުގެ ކުރިން ފުންނޭވައެއްލުމަށްފަހު ހަމަޖެހިލައިގެން ވާހަކަފަށާށެވެ. ޝަކުވާއެއް ނުވަތަ ބޮޑުވާހަކައެއް ދަންކަންބޭނުންނަމަ ރީތި ބަހުރުވައިން ވާހަކަދައްކާށެވެ. މިސާލަކަށް "ކަލާ،އަބަދުވެސް އަންނަނީ ލަހުންނޭ" ބުނުމުގެ ބަދަލުގައި "ކަލާ ތަންކޮޅެއްލަހުން އަތުވެއްޖެނަމަ އެކަމާ ވަރަށް ހާސްވެ ވިސްނެއެވެ." މިޖުމުލައިގައި ރުޅިވެރި ނުވަތަ ހަރުކަށިގޮތެއްނެތެވެ. މިފަދަ ޢިބާރާތްތަކުން ވާހަކަދެއްކުން ވަރަށް މުހިންމެވެ.
24. ދުނިޔޭގައި ހުރިހާ އިންސާނުންނަށްވެސް ކުށްކުރެވެއެވެ. ތިބާގެ އަނބިމީހާއަށްވެސް ކުށްކުރެވޭނެއެވެ. ހަމައެފަދައިން ތިބާއަށްވެސް ކުށްކުރެވޭނެއެވެ. އަނބީމީހަށް ކުރެވޭއެފަދަ ކަންތައްތައް އިސްލާޙުކުރުމަށް އޯގާތެރިކަމާއެކު ހަނދާންކޮށްދީ އެހީތެރިވާށެވެ.
25. އަނބިމީހާގެ ޢަމަލުތަކަށް ޝައްކުގެ ނަޟަރަކުން ނުބަލާށެވެ. ޝައްކުކުރުމަކީ ކުރެވޭ ފާފައެކެވެ. އަނބިމީހާގެ އުޅުން މުޅީންގޯސްކަން އެނގިއްޖެނަމަ އެކަމެއްގެ ޙަޤީޤަތްހޯދުމަށް ރަނގަޅު ގޮތުގައި މަސައްކަތްކުރާށެވެ. މިކަމުގައި ތިބާގެ އިޚުލާސްތެރިވުން ލާޒިމުވެގެންވެއެވެ.
26. ތިބާ ވިސްނާގޮަތާއި އެދޭގޮތް އަނބިމީހާއަށް އެނގޭނެކަމަށް ނުވިސްނާށެވެ. މިސާލަކަށް ބަލިކަން ނުވަތަ ބޭނުންވަނީ ކޮންކަމެއްކަން އަނބިމީހާއަށް އެނގޭނެހެއްޔެވެ؟ އެހެންވުމުން ފޮރުވުމެއްނެތި ހާމަކަމާއެކު ހުރިހާ ވަހަކައެއް ހުރަހެއްނެތި އަނބިމީހާގާތު ބުނާށެވެ.
27. ކޮންމެ އިންސާނަކުވެސް އެމީހަކަށްކުރެވޭކުށް މަޢާފުކޮށްދިނުމަށް އެދޭނެއެވެ. މަޢާފުކުރުމަކީ ކީރިތި ރަސޫލާގެ ސުންނަތެކެވެ. އަދި ހަމައެއާއެކު މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާފައިވެއެވެ. މީސްތަކުންނަށް މަޢާފު ކުރާށެވެ. "ތިމަންރަސްކަނލާގެ ތިޔަބައިމީހުންނަށް މާޢާފު ކުރާހުށިކަމެވެ." އެހެންވުމުން މާތްނަބިއްޔާގެ ސުންނަތުގައި ހިފައި ތިބާގެ އަނބިމީހާގެ ކުށެއްވާނަމަ މަޢާފު ކުރާށެވެ. ރަޙީމުވަންތަﷲ ތިބާގެ ކުށްތައް މަޢާފުކޮށްދެއްވާނެއެވެ.
28. ނުކިޔަމަންތެރި އަނބިން ގައިގައި ތެޅުމަކީ (ޖިސްމާނީގޮތުން އަނިޔާ ނުލިބޭގޮތަށް) އިސްލާމްދީނުގައި ހުއްދަކަމެކެވެ. ނަމަވެސް މޫނުމަތީގައި ޖެހުން މުޅިން ވަނީ މަނާކުރައްވާފައެވެ. އަނިބިމީހާއަށް އަނިޔާކުރުމުގެ ނިޔަތުގައި ބަހަނާޔާއި ކުށްހޯދުންވެސްވަނީ މުޅިންމަނާކުރައްވާފައެވެ.
( ނުނިމޭ )
















ޚިޔާލު