ރާއްޖޭގެ ޚަބަރު ކައުންސިލަރުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭގޮތަށް ހަމަޖައްސައިފި

ކައުންސިލަރުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭގޮތަށް ހަމަޖައްސައިފި

ކައުންސިލަރުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ


ކައުންސިލަރުންނަށްވެސް އިތުރުގަޑީގެ ފައިސާ ހަމަނުޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހަމަޖައްސައިފި އެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކައުންސިލަރުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ލިބިދީފައިނުވާތީ، މި އުޞޫލު ދެމެހެއްޓުމަށް ކަމަށެވެ.

މިއަދު ބޭއްވުނު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައި، ކައުންސިލަރުންގެ ތެރެއިން، ގަޑިޖެހިގެން ކައުންސިލުގެ އިދާރާއަށް ވަޑައިގަންނަވާ ކައުންސިލަރުންނާއި ކައުންސިލުގެ އިދާރާއަށް ވަޑައިނުގަންނަވާ ކައުންސިލަރުންގެ މުސާރައާއި ގަޑީލާރި ކަނޑާހިނދު، ކައުންސިލަރުންގެ ރަސްމީގަޑީގެ އިތުރުން ކައުންސިލުގެ މަސައްކަތްތަކުގައި އުޅުއްވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާވެސް ލިބިދޭންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 43 ވަނަ ބައްދަލުވުމުން ނިންމަވާފައިވާތީވެ، ކައުންސިލަރުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް އަންގަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެވުނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.