ރާއްޖޭގެ ޚަބަރު

ސިޔާސީ ޕާޓީގެ ބިލާއި، އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ތަޞްދީޤު ކުރައްވައިފި

ފައިލް ފޮޓޯ: ދިއިސްލާމް
ފައިލް ފޮޓޯ: ދިއިސްލާމް

ފައިލް ފޮޓޯ: ދިއިސްލާމް

ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ރައީސް ޑރ.ވަހީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސް ޑރ.ވަހީދު މި ދެބިލު ތަސްދީގުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މިރަސްމިއްޔާތަށް ގިނަ ވަޒީރުންނާއި ސަރުކާރުގެ ބައެއް ވެރިން ވަޑައިގެން ތިއްބެވެ.

ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި މި ދެބިލު މިއަދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން ރައީސް އޮފީޙުން ނެރުނު ނޫސްބަޔާންގައި ވަނީ "ސިޔާސީ ޕާޓީގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނެވުމަށް އަނބުރާ ފޮނުއްވާލައްވަން ޖެހިވަޑައިގަތީ، ރާއްޖޭގައި އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ރަޖިސްޓަރީވެ، ހިނގަމުން އަންނަ ގިނަ ޢަދަދެއްގެ ސިޔާސީ ޕާޓީތަކެއް، އެ ބިލު ތަޞްދީޤު ކުރުމުން ޤާނޫނަކަށްވެ ޢަމަލުކުރަންފެށުމާއެކު، ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންގެ ކުށެއްނެތި، އުވިގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ" ކަމަށެއެވެ.

ބިލްތައް ތަސްދީގު ކުރެއްވުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ.ވަހީދު ވިދާޅުވީ އެ ބިލްތައް ތަސްދީގު ނުކުރެއްވީ ގަސްތުއެއް ނޫން ކަމަށާއި އެ ބިލުގެ ކުށްތައް ފިލުވައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްފަހު މިއަދު ތަސްދީގު ކުރެއްވީ ކަމަށެވެ. އަދި މަޖިލީހުން ބިލުތައް ފާސް ކުރާ އިރު ބިލުތަކާއި މެދު ނުވިސްނާކަން ހާމަވަމުންދާ ކަމަށައި އެކަމުގެ ސަބަބުން އެބިލުތައް ތަންފީޒު ކުރުމަށް ދައުލަތަށް އުނދަގޫވާ ކަމަށެވެ. އަދި ބިލުގެ ކުށްތައް ފިލުވައިގެން އޮފީހަށް އެ ބިލް ވަނީ އިއްޔެ ކަމަށެވެ.

2012 ޑިސެމްބަރު 27 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސްގެ އަރިހަށް ފޮނުއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ރައީސްއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.

ޕާޓީތަކުގެ ބިލް ތަސްދީގުކުރުމާ އެކު 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަވެފައިވަނީ އެމްޑީޕީ އާއި ޕީޕީއެމްއާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ބޮޑެތި ބާރުތަކުން ރާއްޖެޔަށް ކަންކަން މަޖުބޫރު ކުރުވާ ބީދައިން، ބޮޑެތި ޕާރްޓީތަކުން ކުދި ޕާރްޓިތަކަށްވެސް ކަންކަން ކުރުމަށް މަޖުބޫރު ކުރަނީދޯ، ރައީސު އަތުގައި ތިބިލް ތަސްދީގު ނުކުރުމަށް ހުއްޖަތާއި ދަލީލު ހުރިނަމަ، އަބޫބަކުރުގެ ފާނު މުރަތައްދުވި މީހުންނާއި އަދި ޒަކާތް ނުދިންމީހުނާއި ހަންގުރާމަ ކުރައްވަން ހުއްޖައްދައްކަވާ އެކަލޭގެ ފާނު ހެއްދެވިގޮތައް ހެއްދެވުން އެދެން، އެހާހިއްވަރެއް ރައީސުގައި ހުރިއްޔާ! ރައީސު ތިއަމަލު ކުރައްވަނީ ހަމަ އިސްލާމްދީނުގައިވާގޮތަށޭ ދެންނެވޭނީ!

Your email address will not be published. Required fields are marked *