ރ.ކިނޮޅަހު ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ، އެ ކައުންސިލްގެ 3 ވަނަ ޤްރުއާން ކިޔެވުމުގެ މުބާރާތް ބާއްވައިފިއެވެ.
ހުރިހާ އުމުރުފުރަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން ބޭއްވި މި މުބާރާތްގެ ކިޔެވުން ފެށީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ. ހުކުރު ދުވަހުގެ ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑު މި މުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައެވެ. އަދި ހޮނިހިރު ދުވަހު ހެނދުނާއި މެންދުރު އަދި ހަވީރު ވެސް ކިޔެވުން ކުރިޔަށް ދިޔައެވެ. ބަލައިގެން ކިޔެވުމުގެ ބައިގައި 76 ބައިވެރިން އަދި ނުބަލާ ކިޔެވުމުގެ ބައިގައި 11 ބައިވެރިނާ އެކު މުޅިއެކު 87 ބައިވެރިން މިމުބާރާތުގައި ބައިވެރިވެފައިވާކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތު ދިނެވެ. މިއީ 2012 ވަނަ އަހަރު މި މުބާރާތުގައި ބައިވެރިވި އަދަދަށް ވުރެއް ގިނަ އަދަދެއް ކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދިނެވެ.
ކީރިތި ޤްރުއާނާއި މެދު ލޯބި އުފައްދާ އަދި ތަޖުވީދުގެ މަގަށް ޤްރުއާން ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ބާއްވަމުން ގެންދާ މި މުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައީ ރ.ކިނޮޅަހު ސްކޫލް ހޯލުގައެވެ.

















advertisment
ކިނޮަޅަހު ކައުންސިލް ހަބޭސް…
ައައްސަލާމް އަލައިކުމް – ކައުންސިލުން ތިޔަކުރައްވާ މަސައްކަތަށް މަރުޙަބާ ދަންނަވަން .