[end/]
[time]17:44[/time]
ހިނގާލުމުގެ ބައިވެރިން ދުޢާ އެއް ކުރުމަށް ފަހު، ހިނގާލުން ނިންމާލައިފި
[end/]
[time]17:43[/time]
ހިނގާލުމުގެ ބައިވެރިން ދުޢާ އެއް ކުރަނީ
[end/]
[time]17:42[/time]
ކުރިއަށް އޮތް ހިނގާލުން އޮންނާނެ ދުވަސް ފަހުން އިޢުލާން ކުރާނެ ކަމަށް ބުނި
[end/]
[time]17:42[/time]
"އިސްލާމީ ޝަރީޢަތައް ގޮންޖަހަމުން ދާއިރު، މަޑުން ނުތިބެވޭނެ" މުޒާހަރަގައި ވާހަކަ ދައްކާ މީހާ
[end/]
[time]17:40[/time]
ނިންމާލުމުގެ ގޮތުން ވާހަކަދައްކަނީ.
"މި ހިނގާލުމަކީ ސިލްސިލާކޮށް ކުރިއަށްދާނެ ހިނގާލުމެއް" ލައުޑް ސްޕީކަރުން ވާހަކަ ދައްކާ މީހާ
[end/]
[time]17:38[/time]
ބައިވެރިން އަދިވެސް ތިބީ ނިންމާލާ ހިސާބުގައި މަޑުކޮށްގެން. އާރޓީފިސަލް ބީޗް ސްޓޭޖުގައިވެސް ބަޔަކު ޖަހަމުންދާ އޯޑިޔޯ އަޑުއަހަމުން އެބަދޭ
[end/]
[time]17:32[/time]
ކީރިތި ﷲ ގެ ޝަރީޢަތް ޤާއިމްކުރުން އެއީ ވަކި ފަރުދެއްގެ ކަމެއް ނޫން: ޝެއިޚް ނަޝީީދު، އޯޑިޔޯ
[end/]
[time]17:29[/time]
ހިނގާލުން ނިންމުމަށް އޮތް ހިސާބަށް އާދެވުމުން މިހާރު ބައިވެރިން، ތިބީ މަޖީދީމަގުން ބޮޑުތަކުރުފާނު މަގު ކައިރި މަޑުކޮށްލައިގެން
[end/]
[time]17:25[/time]
ހިނގާލުމުގެ ބައިވެރިން މިހާރުދަނީ މަޖީދީމަގު ނިމޭ ހިސާބަށް ކައިރިވަމުން. މަގު ބެދިގެން ދުއްވާ އެއްޗެހި ބަރުގޮނު އަޅާފައިވާކަމަށް ފާހަގަކުރެވިފައެއް ނެތް.
ހިނގާލުން ނިމިގެން މިދަނީ އާއްމުނަށް އުނދަގޫ ނުވާ ފަދަ ގޮތަކަށް
[end/]
[time]17:23[/time]
ހިނގާލުމުގެ ބަލަމުންދާ ގިނަ ބަޔަކު ދަނީ ހިނގާލުމުގެ ފޮޓޯ ނަގާ ވީޑިޔޯ ކުރަމުން
[end/]
[time]17:22[/time]
މި ހިނގާލުމުގައި ތައުޙީދުގެ ދިދަ ފިޔަވާ އެހެން ދިޔައެއް، ރަމްޒެއް ބޭނުން ކުރާތަން ނުފެނޭ. ތަފާތު ހިޔާލުގެ އެކި އެކި މީހުން ފަރުދީ ގޮތުން ދަނީ ހިނގާލުމުގައި ބައިވެރިވަމުން. މިހާރު ބައިވެރިން ތިބީ ޖަނަވަރީމަގާ ހިސާބުގައި
[end/]
[time]17:20[/time]
މި ހިނގާލުމުގައު ޖަހަމުންދާ ގިނަ އޯޑިޔޯތަކަކީ މަޝްހޫރު އެކިއެކި ދަރުސްތަކުން ހޮވާލެވިފައިވާ ކްލިޕްތަކެއް ކަމަށް ފާހަގަކުރެވޭ
[end/]
[time]17:17[/time]
މުޒާހަރާގެ ބައިވެރިން ސޯސަން މަގު ހުރަސް ކޮށްފި. މިހާރު ލައުޑް ސްޕީކަރުން ދީނީ ޢިލްމުވެރިން ގެ ބަސްކޮޅުތައް ޖަހަމުން އެބަދޭ
[end/]
[time]17:15[/time]
ހިނގާލުމުގެ ބައިވެރިން މިހާރު ތިބީ އިބްރާހިމް މިސްކިތްކައިރި ހުންނަ ޓްރެފިކް ލައިޓް ކައިރި. ހަރު އަޑުން ގޮވަމުން ދަނީ އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމަށް.
[end/]
[time]17:13[/time]
މިހާރު އަނެއްކާވެސް ދަނީ ތީމް މަދަހަ ޖަހަމުން. އިބްރާހިމް މިސްކިތް ކައިރިން
[end/]
[time]17:12[/time]
ލައުޑް ސްޕީކަރ މައްސަލަޖެހުމުން މިހާރުދަނީ ހަރު އަޑުން، ތަކްބީރު ގޮވަމުން
[end/]
[time]17:11[/time]
ހިނގާލުމުގައި ކޮންމެވެސް ވަރަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބައިވެރިވަމުން ދޭ. މިހާރު ތިބީ މަސްޖިދުލް ސުލްތާން އާދިލް ކައިރި
[end/]
[time]17:08[/time]
ގޭގޭ ބެލްކަނީތަކުން މީހުންދަނީ ހިނގާލުން ބަލަމުން.
މަޖީދީމަގުން ހިނގާބިގާވެ އުޅޭ މީހުންނާއި ދަތުރު ކުރަމުން ދާމީހުންވެސް މަޑުމައިތިރި ކަމާއިއެކު ހިނގާލުން ބަލަން މަޑުކޮށްލައިގެން އެބަތިބި
[end/]
[time]17:07[/time]
ބައިވެރިން މިހާރު ތިބީ އޮލިމްޕަސް، ގަލޮޅު ބޯޅަދަނޑާ ހިސާބުގައި. ސުލްހަވެރިކަމާއި އެކު ހިނގާލުން ކުރިއަށް
[end/]
[time]17:03[/time]
"ﷲ ގެ ހައދު ޤާއިމް ކުރޭ"
"އިސްލާމީ ޝަރީޢަތް ޤާއިމް ކުރޭ"
ބައިވެރިން ގޮވަމުން އެބަދޭ
[end/]
[time]17:01[/time]
ތީމް މަދަހަ އަކީ “މާތް ވި އިސްލާމް ދީނާއި އުންމަތަށްޓަކައި"
[end/]
[time]17:00[/time]
މިހާރު ދަނީ ހިނގާލުމުގެ ތީމް މަދަހަ ޖަހަމުން.
ހިނގާލުން ކުރިއަށް މިހާރު މާލެ ސިޓީ ކައުންސިލް އާ ކައިރިވަނީ
[end/]
[time]16:58[/time]
ތަކްބީރު ގޮވާ، އިސްލާމީ ޝަރީޢަތް ގާއިމް ކުރުމަށް ބައިވެރިން އަނެއްކާވެސް ގޮވާލައިފި. ރައްދެބައި މަގު، ބަރުބަރީ މިސްކިތް ކައިރި
[end/]
[time]16:55[/time]
މި ހިނގާލުމަކީ އެއްވެސް ސިޔާސީ ޕާރޓީއެއް އަދި ޖަމިއްޔާ ޖަމާތަކާ ނިސްބަތް ނުވާ ހިނގާލުމެއް ކަމަށް އޯޑިޔޯ ކްލިޕް މެދުވެރިކޮށް ޗާންދަނީ މަގު ކަންމަތީގައިވެސް ތަކުރާރުކޮށް ބަޔާންކޮށްދީފި
[end/]
[time]16:53[/time]
މިހާރު ޗާންދަނީ މަގުގާ މަޖީދީމަގު ކަންމަތީގައި
[end/]
[time]16:48[/time]
މާވެޔޮމަގާ ހިސާބުން ބައިވެރިން ތަކުބީރު އެއްއަޑަކުން ގޮވަމުން ދަނީ
[end/]
[time]16:47[/time]
މިހާރު ތިބީ މަޖީދީމަގު މެދާ ހިސާބުގައި.
މިހާރު އެއްވެސް ދެކޮޅުވެރިކަމަެއް ނެތް
[end/]
[time]16:44[/time]
ހިނގާލުމުގައި 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށް ލަފާކުރެވޭ.
ބައިވެރިން މަޑުމަޑުން ދަނީ މަޖީދީމަގުން އިރަށް ކުރިއަށް
[end/]
[time]16:41[/time]
މުޒާހަރާގެ ބައިވެރިން މިހާރުތިބީ ނަލަހިޔާ ހޮޓެލް ހިސާބުގައި.
ހިނގާލުން ކުރިޔަށްދަނީ ސުލްހަވެރިކަމާއި އެކު
[end/]
[time]16:39[/time]
ހިނގާލުމުގެ ބައިވެރިން މިހާރު ތިބީ ބޮނޑިބަތް ޕާރކް ކައިރީ.
އަދިވެސް ޖަހަމުންދަނީ ރެކޯޑިންގް އޯޑިޔޯ ކްލިޕްއެއް. ބައިވެރިން މިހާރު ދަނީ ތަކްބީރު ގެ އަޑު އުފުލަމުން.
[end/]
[time]16:37[/time]
މިހާރު ތިބީ އިއްޒުއްދީން މަގާ ހިސާބުގައި.
މާފަންނު ޕެރިސްވިލާ ގެ ފްލޯއަކުން މީހަކު "އެހެރީ ބާޣީ" އެކޭ ކިޔާ ހަޅޭއްލަވަމުން އެބަދޭ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
[end/]
[time]16:35[/time]
ހިނގާލުމުގެ ބައިވެރިން ގެންގުޅެނީ ހަމައެކަނި ކަޅުކުލައިގެ ފޮތީގައި ހުދު އަކުރުން ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ތައުހީދުގެ ދިދަ
[end/]
[time]16:33[/time]
ހިނގާލުން ފަށައިފި. އެންމެ ކުރީގައި ތިބީ ފައިމަގުގައި ހިނގާ ބައިވެރިން. ދެން އަންހެން ބައިވެރިން. ފަހަތުގައި ދަނީ ދައިކަލްގައި ދާ މީހުން
[end/]
[time]16:32[/time]
ޖަހަމުންދާ އޯޑިޔޯގައި ސެއިޙް އާދަމް ޝަމީމް. ސެއިހް މުހައްމަދު އިބްރާހިމް (ނައިފަރީ) ޝެއިހް ނަޝީދު އަދި ޝެއިޚް އަދުއްސަލަމް ދާއޫދް ގެ ބަސްކޮޅެއް ހިމެނޭ
[end/]
[time]16:31[/time]
މިހާރު ދަނީ ޝެއިހް ސަމީރުގެ ބަސްކޮޅެއް ޖަހަމުން.
[end/]
[time]16:28[/time]
މިހާރު މަދަހަ ޖެހުން މެދު ކަނޑާލާފައިފި. މިހާރު ދަނީ ހިނގާލުމާ ގުޅޭ ތަޢާރަފް އެއްގެ ރެކޯޑިންގް އޯޑިޔާ އެއް ޖަހަމުން
[end/]
[time]16:26[/time]
ހިނގާލުން އަދި ނުފެށޭ.
ހިނގާލުމުގައި ބައިވެރިން ގެންގުޅެނީ ތައުޙީދު ކަލިމަ ޖަހާފައިވާ ކަޅު ދިދަ. އަދި ކަލިމަ ޖަހާފައިވާ ހެޑް ބޭންޑް ވެސް އަޅައިގެން ބައެއް ބައިވެރިން ތިބި. މަޖީދީމަގުން ދާ ސައިކަލްތަކަށް ދަނީ ކުދި ކަޅު ދިދަ ބަހަމުން
[end/]
[time]16:22[/time]
ހިނގާލުން ފެއްޓުމުގެ ގޮތުން މީހުން އަންނަނީ ޔޫތް ސެންޓަރ ކައިރިއަށް ޖަމާވަމުން. ޕިކަޕްގައި ލައުޑް ސްޕީކަރަކުން ދަނީ އިސްލާމީ އުންމަތާ ގުޅޭ މަދަހައެއް ޖަހަމުން
[end/]
”ދިވެހިން ބޭނުމީ އިސްލާމީ ޝަރީޢަތް“ މި ނަމުގައި ބާއްވާ ހިނގާލުމަކީ ޒުވާނުންކޮޅެއް އިސްނަގައިގެން ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުން ފަށަން ހަމަޖެހިފައިވަނީ 04:15 ގައި ޒުވާނުން މަރުކަޒު ކުރިމަތީން ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ.
15 އަހަރުގެ އަންހެންކުއްޖެއްގެ ގައިގައި ޙައްދު ޖެހުމަށް ޙުކުމް ކުރުމުން އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ދުވަސްވަރެއްގައި ބާއްވާ މިހިނގާލުމުގައި އިސްލާމީ ޝަރީއަތާއި އެއްކޮޅަށް އަޑު އުފުލާނެކަމަށާއި ދިވެހިން ބޭނުން ވަނީ އިސްލާމީ ޝަރީޢަތް ކަމުގައި މިހިނގާލުމުގައި ގޮވާލާނެކަމަށް ޚަބަރުލިބެއެވެ.
ދިއިސްލާމް.ކޮމް އިން މިހިނގާލުމުގެ މައުލޫމާތުތައް ‘ލައިވްބްލޮގް’ގެ ޒަރީއާއިން އިންޝާﷲ ގެނެސްދެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...