ރާއްޖޭގެ ޚަބަރު ޢިލްމުވެރިންގެ ބައިވެރިވުމެއްނެތި މާދަމާ ބާއްވަން އުޅޭ ހިނގާލުމުގައި ބައިވެރިނުވުމަށް ޝެއިޙް ޝަހީމް ގޮވާލައްވައިފި

ޢިލްމުވެރިންގެ ބައިވެރިވުމެއްނެތި މާދަމާ ބާއްވަން އުޅޭ ހިނގާލުމުގައި ބައިވެރިނުވުމަށް ޝެއިޙް ޝަހީމް ގޮވާލައްވައިފި

ޢިލްމުވެރިންގެ ބައިވެރިވުމެއްނެތި މާދަމާ ބާއްވަން އުޅޭ ހިނގާލުމުގައި ބައިވެރިނުވުމަށް ޝެއިޙް ޝަހީމް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ދިވެހިން ބޭނުމީ އިސްލާމީ ޝަރީޢަތް" މިނަމުގައި މާދަމާ (ހުކުރު ދުވަހު) " ގޮތް ނޭނގޭ ބަޔަކު"  ބާއްވާ އަދި ޢިލްމުވެރިންގެ އެއްވެސް ބައިވެރިވުމެއް ނެތް ހިނގާލުމުގައި ޢަދާލަތުގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އިސްލާމިކް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު އައްޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެބޭފުޅާގެ ފޭސްބުކު ޕޭޖުގައި ގޮވާލައްވައިފިއެވެ.

" އިސްލާމީ ޝަރީޢަތް ޤާއިމު ކުރަން ކަމަށްބުނެ ބަޔަކު ހިނގާލުމެއް ބާއްވަން އުޅޭ މަޢުލޫމާތު ލިބޭ. ގޮތް ނޭނގޭ ބަޔަކު ބާއްވާ އަދި ޢިލްމުވެރިންގެ އެއްވެސް ދައުރެއް ނެތް އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވުމަށް ޢަދާލަތު ޕާޓީގެ މެމްބަރުންނަށް އިލްތިމާސް ކުރަން." ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު ޝެއިޚް ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ މިނިސްޓަރުގެ މި ގޮވާލެއްވުމުގެ ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ، ދީނީ މީހުންގެ ބޮލުގައި އެޅުވުމުގެ ގޮތުން ބަޔަކު މީހުން ނުކުމެ ހަރުކަށި ކަންތައްތަކެއް ހިންގާފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމުގައެވެ. މީގެ އިތުރަށް ޢިލްމުވެރިންގެ ބައިވެރިވުމެއް ނެތި މިފަދަ ކަމެއްގައި ބައިވެރިވުމަކީ ޙިކުމަތްތެރި ކަމެއް ނޫން ކަމުގައިވެސް ހާމަކުރައްވާފައިވެއެވެ.

" ވީމާ ޢިލްމުވެރިންގެ ބައިވެރިވުމެއް ނެތް ކަމެއްގައި ބައިވެރިވުމަކީ ޙިކުމަތްތެރި ކަމެއްކަމުގައި (އަޅުގަނޑު) ނުދެކެން" ޝެއިޚް ޝަހީމް ވިދާޅުވިއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އަށް ފުރައްސާރަކޮށް އެމެރިކާގައި އުފެއްދި ފިލްމާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ގޮތުން މިދިޔަ އަހަރު މާލޭގައި ހުންނަ ޔޫެއެން ބިލްޑިންގު ކައިރީގައި ބޭއްވި އެއްވުމުގައިވެސް ވަނީ ހިތާމަކުރަން ޖެހޭފަދަ ހަމަނުޖެހުންތަކެއް ހިނގާފައިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވުމާއެކު، ދީނީ ކަމެއްގައި އަޑު އުފުލާނަމަ، ދީނީ ޢިލްމުވެރިންގެ އިރުޝާދުގެ މަތިން ދީނީ ޢިލްމުވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެކަމެއް ކުރިޔަށް ދިޔުމަކީ އެންމެ ޙިކުމަތްތެރި އަދި ޞުލްޙަވެރިގޮތް ކަމުގައި ގިނަ ޢިލްމުވެރިން ދެކިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.