ޤުރުއާނާއި ޙަދީޘްގެ ސިލްސިލާ ދަރުސްތަކެއް ގޮތަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝައިޚް ޖައުފަރު ފާއިޒްގެ ޙަދީޘް ކުލާހެއް މިރޭ ޢިޝާ ނަމާދަށްފަހު ޝަހީދު ޢަލީ މިސްކިތުގައި ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.
މި ކްލާސްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތެއް ކަމަށްވާ އަލީ ޝިފާހު ވިދާޅުވެފައި ވަނީ މިކުލާސް ތަކަކީ ފިރިހެން އިތުރުން އަންހެނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފައިވާ ކުލާސްތަކެއް ކަމަށެވެ.
މީގެ އިތުރުން މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް (7755290)އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައި ގަންނަވާނެކަމަށް ވެސް އަލީ ޝިފާހު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...