ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީން ނެރުން ނޫސްބަޔާނާ ގުޅިގެން އެމްޑީޕީން އެ ޕާޓީ ކުށްވެރިކޮށްފި

ޢަދާލަތު ޕާޓީން ނެރުން ނޫސްބަޔާނާ ގުޅިގެން އެމްޑީޕީން އެ ޕާޓީ ކުށްވެރިކޮށްފި

ޢަދާލަތު ޕާޓީން ނެރުން ނޫސްބަޔާނާ ގުޅިގެން އެމްޑީޕީން އެ ޕާޓީ ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑީއެމް މުލޭއަށް ރައްދުކޮށް ޢަދާލަތު ޕާޓީން ނޭދެވޭ ބަސްތައް ރައްދުކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީން ޢަދާލަތު ޕާޓީ ކުށްވެރިކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ ނޫސްބަޔާނަށް ރައްދުދީ އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "އިންޑިޔާ ހައިކޮމިޝަނަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ޢަދާލަތު ޕާޓީން ސިފަކޮށްފައިވާ" ކަމަށާއި އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުލޭއަކީ “އަންޕްރޮފެޝަނަލް” ބޭފުޅެއްކަމަށާއި “އިންސާފަށް ލޯބި ނުކުރައްވާ” ބޭފުޅެއް ކަމަށް ސިފަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޢަދާލަތު ޕާޓީން މިމޭރުމުން ވާހަކަ ދެއްކުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހީނަރުވެފައިވާ ގުޅުން އިތުރަށް ގޯސްވެދާނޭ ކަމެއްކަމުގައި އެ ޕާޓީން ފާހަގަކުރާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އާދެމެދު އޮތް ގުޅުން ގޯސްވުމުގެ މައްސަލަ، ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގައި ހުންނަވާ ހުންނެވުމާ ޢަދާލަތު ޕާޓީން ގުޅުވާފައިވާފައިވާ ކަމަށާއި އެގުޅުން މީގެ ކުރިން ވެސް ގޯސްވެފައިވަނީ ޖީއެމްއާރް ގެ މައްސަލައާއި ދިވެހިންގެ ހިތްތަކުގައި އިނޑިއާ އާމެދު ނަފްރަތު އުފެއްދުމަށް 23 ޑިސެމްބަރު ގެ އިއްތިޙާދުން ކުރަމުން ގެންދިޔަ ނޭދެވޭ މަސައްކަތުގެ ސަބަބުންކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޢަދާލަތު ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައި ވާގޮތުގައި "އިންޑިއާ ހައިކޮމިޝަނަކީ އެމް.ޑީ.ޕީގެ ޖަގަހައަކަށް ހަދައިގެން ރައީސް ނަޝީދު އެތާނގައި  ހުންނަވައިގެން އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކޮށް، މާލޭގެ މަގުތައް ނާމާންކޮށް، މާރާމާރީ ހިންގުމަށް ހިތްވަރުދީ، ދައުލަތާއި ފަރުދުންގެ މުދަލަށް ގެއްލުންދިނުމަށް ގޮވާލަމުންދިޔުމަކީ ދިވެހިރައްޔިތުން ޒަމާނުއްސުރެ އިންޑިއާއަށް ކުރަމުން އަންނަ އިޙްތިރާމާއި ޤަދަރު ކުޑަވެގެންދާނޭ ކަމެއް ކަމަށާއި އިންޑިއާއި ދިވެހިރާއްޖޭގެ، ހީނަރުވަމުންދާ ގުޅުން ރަގަޅުކުރެވޭފަދަ ޕްރޮފެޝަނަލް އަދި އިންސާފަށް ލޯބިކުރާ ސަފީރަކު ޢައްޔަން ކުރުމަކީ މިވަޤުތު މުހިންމު ކަމެއްކަމުގައި ޢަދާލަތު ޕާޓީއިން ދެކޭ" ކަމަށް ހާމަކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.