ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީން ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި ކޯލިޝަނެއް ހެދުމަށް ނިންމައިފި

ޢަދާލަތު ޕާޓީން ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި ކޯލިޝަނެއް ހެދުމަށް ނިންމައިފި

ޢަދާލަތު ޕާޓީން ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި ކޯލިޝަނެއް ހެދުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޢަދާލަތު ޕާޓީގެ ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

ޢަދާލަތު ޕާޓީގެ ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

ޢަދާލަތު ޕާޓީން ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ކޯލިޝަނެއް ހެދުމަށް ނިންމައިފިއެވެ.

ކުރިޔަށް އޮތް އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރުމަށް ޢަދާލަތު ޕާޓީން ނިންމާފައިވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާގައެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ބުރާސްފަތި ދުވަހު ވިދާޅުވީ ރާއްޖޭގެ މަޝްރަހު އޮތް ގޮތުން އަދާލަތު ޕާޓީން އިންތިޚާބަށް މިވަޤުތު ކެންޑިޑޭޓަކު ނެރުމަކީ ސިޔާސީ މަޝްރަހު ބައިބައިވެ، ހަލަބޮލިވެގެން ހިނގައިދާނެ ކަމެއް ކަމަށް މަޝްވަރާ މަޖިލީހުން ދެކޭ ކަމަށެވެ. އެހެންކަމުން ޤައުމީ މަސްލަހަތަށް އިސްކަންދީ، ދިވެހިންގެ އެއްބައިވަންތަކަމާއި ރަނގަޅު ވެރިކަމެއް ޤާއިމްކުރަން އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދާލަތުން ކެންޑިޑޭޓަކު ނުނެރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މަޝްވަރާ މަޖިލީހުން ނިންމީ އެންމެ މަސްލަހަތު ބޮޑު ގޮތަކީ ކެންޑިޑޭޓަކު ނުނެރެ ގައުމީ ސަލާމަތުގެ އިއްތިހާދެއް ހެދުން ކަމަށް. އަޅުގަނޑުމެންގެ އުއްމީދަކީ އެންމެ ބަޔަކާ [ޕާޓީއަކާ] ކޯލިޝަން ހެދުމެއް ނޫން، ގިނަ ޕާޓީތައް އެކުލެވިގެންވާ ކޯލިޝަނެއް ހެދުން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކޮށް، އެ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވަނީ ކޮމެޓީއެއް ވެސް އެކުލަވާލާފައެވެ. ނަމަވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އެ ޕާޓީން އަދި ހާމައެއް ނުކުރެއެވެ.

ރަނގަޅު ކޯލިޝަނެއް ހެދޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ކުރިން އެ ކޮމެޓީން ގޮތެއް ނިންމާނެ ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.