ރާއްޖޭގެ ޚަބަރު 60 ބަނގުރާ ފުޅިއާއެކު 2 މީހަކު ހައްޔަރު ކޮށްފި

60 ބަނގުރާ ފުޅިއާއެކު 2 މީހަކު ހައްޔަރު ކޮށްފި

60 ބަނގުރާ ފުޅިއާއެކު 2 މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މާލޭ ގެއެއްގެ ތެރެއިން މީގެކުރިން ފެނިފައިވާ ބަނގުރާ ފުޅިތަކަކާއި ބިއަރު ދަޅުތަކެއް | ފޮޓޯ: ޕޮލިސްމީޑިއާ

މާލޭ ގެއެއްގެ ތެރެއިން މީގެކުރިން ފެނިފައިވާ ބަނގުރާ ފުޅިތަކަކާއި ބިއަރު ދަޅުތަކެއް | ފޮޓޯ: ޕޮލިސްމީޑިއާ

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މާލެތެރެއިން ޕިކަޕަކަށް ލައިގެން ގެންދިޔަ ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ އެ ޕިކަޕުގައި ތިބި 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 08:30 ހާއިރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތައް އަތުލައިގަނެވިފައިވަނީ ޗާންދަނީ މަގުން ދެކުނަށް ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވާ ބަލައި ފާސްކުރިކުރުމުންނެވެ. އަދި ޖުމްލަ 60 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ސްމްރިނޮފް ބްރޭންޑުގެ 36 ފުޅިއާއި ޑީވަރސް ގެ 12 ފުޅިއާއި ބެލެންޓިންސް ފައިނެސްޓް 12 ފުޅި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.