މަރުވެފައި އޮތް މީހެއް ހަށިގަނޑެއް ތުޅާގިރި އައިލެންޑް ރިސޯޓް ކައިރިން ފެނިއްޖެއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ތުޅާގިރި އައިލެންޑް ރިސޯޓު ހުޅަނގު ދެކުނުން އޮންނަ ގިރިއެއް ކައިރިން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑެއް ފެނިފައިވާކަމަށް ފުލުހުންނަށް މަޢޫލޫމާތު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:43 ހާއިރުއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މަރުވެފައި އޮއްވާ ފެނިފައިވަނީ އަންހެނެއްގެ ހަށީގަނޑެއް ކަމަށާއި އޭނާ ފެނުނުއިރު ލައިގެން އޮތީ ނޫކުލައިގެ ކްރެސީ ބްރޭންޑްގެ ވެޓް ޝޫޓަކާއި އަދި މާރެސް ބްރޭންޑްގެ ފިންސަކަށްވެސް އަރައިގެން އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މި މީހާއަކީ ކާކުތޯ ދެނެގަތުމަށްޓަކައި ފުލުހުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފަހުގެ ތާރީޚެއްގައި އެއްވެސް ރިސޯޓަކުން ނުވަތަ ސަފާރީއަކުން ނޫންނަމަ އެހެން ގޮތަކުންނަމަވެސް ފަތުރުވެރިއަކު ގެއްލި ނުފެނިފައިވާނަމަ އެމަޢޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...