ރާއްޖޭގެ ޚަބަރު މާސޫނީ ހަރަކާތެއް ރާއްޖޭގައި ހިނގަމުންދާކަމުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބެމުން އެބަދޭ: އިސްލާމިކް މިނިސްޓަރ

މާސޫނީ ހަރަކާތެއް ރާއްޖޭގައި ހިނގަމުންދާކަމުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބެމުން އެބަދޭ: އިސްލާމިކް މިނިސްޓަރ

މާސޫނީ ހަރަކާތެއް ރާއްޖޭގައި ހިނގަމުންދާކަމުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބެމުން އެބަދޭ: އިސްލާމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު | ދިއިސްލާމް ފައިލް ފޮޓޯ

އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު | ދިއިސްލާމް ފައިލް ފޮޓޯ

މާސޫނީ ހަރަކާތެއް ރާއްޖޭގައި ސިއްރިޔާތުގައި ހިނގަމުންދާކަމުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމްދީން ބަލިކަށިކޮށް ނައްތާލާ ނަސާރާދީން ފެތުރުމަށް އެދީން ފަތުރާ ޖަމިއްޔާ ޖަމާއަތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެންމެހާ ދިވެހިން ގުޅިގެން އެފަދަ ހަރަކާތްތައް ބަލިކަށިކޮށް އިސްލާމްދީން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މާސޫނީ ހަރަކާތަކީ ޔަހޫދީން އެމީހުންގެ ދައުލަތެއް ގާއިމު ކުރުމައްޓަކާ އުފެއްދި ޖަމިއްޔާއެކެވެ. އެޖަމިއްޔާއިން މަސައްކަތް ކުރަމުންދަނީ ޔަހޫދީންގެ ދީން ފެތުރުމަށާއި އެމީހުންނަކީ އެހެން އިންސާނުންނަށް ވުރެ މަތިވެރި ބައެއްކަން ދެއްކުމަށެވެ.

ޝަހީމް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެ އިސްލާމްވުމަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި ހާދިސާއެއް ކަމަށާއި އިސްލާމީ އަޤީދާ އަދުގެ ޖީލުތަކާއި ހަމައަށް ގެނެސްދިނުމަށް ކާބަފައިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އިސްލާމްދީން ރާއްޖޭގައި ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤައުމީ މަންހަޖުގެ ތެރެއިންނާއި އިސްލާމީ ޝަރީއަތް ފުރިހަމައަށް ތަންފީޒްކޮށް އިސްލާމީ އަޤީދާ އޮޅުން ފިލުވާދޭން ޖެހިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.