ހ. މީނާޒު ގޭގެ ކޮޓަރިއެއްގެތެރޭގައި ތާށިވި ތުއްތު ކުއްޖާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ސަލާމަތްކޮށްފިއެވެ.
އެމް.އެން.ޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓު ބަޔަކު ކުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ވަޤުތުންވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
ހެންވޭރު މީނާޒް ނަމަކަށް ކިޔާ ގޭގެ ފަސްވަނަ ބުރީގެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ތާށިވި މިކުއްޖާ ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ސަލާމަތްކޮށްފައިވަނީ ޑޯ އޮޕެނަރ ބޭނުންކޮށްގެން ދޮރުގެ ތަޅު ހަލާކުކޮށްގެން ކަމަށްވެސް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން މައުލޫމާތު ދެއްވައެވެ.
މިކުއްޖާއަކީ ދެއަހަރާއި ބައިގެ އަންހެންކުއްޖެއްކަމަށާއި މިހާދިސާގައި އެކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން މައުލޫމާތު ދެއްވައެވެ. އަދި މިއަންހެން ކުއްޖާ ކޮޓަރީގައި ތާށިވެފައިވަނީ ކޮޓަރީގެ ތަޅުދަނޑި ބޭއްވުމަށްފަހު ކޮޓަރި ތަޅުލެވިގެން ކަމަށްވެސް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...