އދ. ދަނގެތީގައި ބިދޭސީ ޓީޗަރަކު ރޭޕްކޮށްލައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވިދާޅުވި ގޮތުގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައި ވަނީ ރޭގެ ވަޤުތެއްގައި ކަމަށާއި އެކަން ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަޤުތެއްގައި ކަމަށެވެ. އަދި މިކަން ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުން ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ބުނީ ރޭ ހިނގި އެ ހާދިސާގައި ރޭޕްކޮށްލާފައި ވަނީ ސީއައިޓީއެމް ނަމަކަށް ކިޔާ ކޮމްޕިއުޓާ ކްލާހެއްގައި ކިޔަވައިދިނުމަށް އެ ރަށަށް ގޮސް ހުރި އަންހެން ޓީޗަރެއް ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެގެއަށް ރޭ ބަޔަކު ވަދެ އަންހެން މީހާ ރޭޕް ކޮށްލުމުގެ އިތުރުން އެ ބިދޭސީ އަންހެން މީހާގެ ފައިސާ އާއި ކޮމްޕިއުޓަރު ފަދަ ތަކެތިވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...