މޯލްޑވިއަން އެއާލައިން އިން ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެއާބަސް ގެ ޚިދުމަތް ދޭނެ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.
މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ޑޮމެސްޓިކް ދަތުރުތަކުގައި މޯލްޑިވިއަންގެ އެއާބަސް އޭ 320 ބޯޓުގެ ދަތުރުތައް ބޭނުންކުރާނެ ކަމުގައި އެ އެއާލައިނުން ބުނެފިއެވެ.
މިގޮތުން 152 މީހުންގެ ޖާާގަ ހުންނަ އެއާބަސް އޭ 320 މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރު ފަށާގޮތަށް އޮތީ ސ. ގަމަށް ކަމަށާއި މޯލްޑިވިއަންގެ އެއާބަސް ބޯޓުގެ ފުރަތަމަ ދަތުރުކުރާނީ މިއަދު ހަވީރު 5:00 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާލެ އައުމަށް ފުރާނީ ރޭގަނޑު 7:00 ގައި ކަމަށާއި މިދަތުރަށް ހޭދަވާނީ 55 މިނެޓް ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަނުން މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ގެނައި ބޮޑު ބޯޓަކީ އިންޑިއާގެ މުމްބާއީ، ޗެންނާއީ އަދި ޓްރިވެންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަން ގެނައި ބޯޓެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...