ޢަރަބި ބަސް އުނގަންނައިދިނުމުގެ ވަރަށް ޚާއްޞަ ކޯހެއް މިމަހު ފަށާގޮތައް ހަމަޖެހިއްޖެއެވެ.
"ކޮލިޓީ ޓިއުޝަން" ސެންޓަރ އިން ބާއްވާ މި ކްލާސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. އަދި ކޯހުގެ ދިގުމިނަކީ އެއް ސެމިސްޓަރ ކަމަށާއި ކޯހުގެ ޖުމްލަ ފީއަކީ -/1500ރ އެވެ.
ކޯހުގެ ކިޔެވުން އޮންނާނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ ހުކުރު ހޮނިހިރު މި ދެދުވަހުގެ ރޭގަނޑު 7:30 އިން 09:00 އަށެވެ. އަދި ކޯހަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިލޭ ލިބޭނެ ކަމަށާއި މި ކޯހުގައި މިހާރު ހުޅުވާލެވިފައިވާ ޖާގަ ވަރަށް މަދު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮލިޓީ ޓިއުޝަން ސެންޓަރ ހުންނަނީ ބަނަފްސާމަގު ގެ ގަލޮޅުދަނޑު ކައިރީގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...