ރާއްޖޭގެ ޚަބަރު ޅ. ނައިފަރުގެ ގެއެއްގައި ރޯވެ 7 އަހަރުގެ ކުއްޖަކު ފިހިގެން މަރުވެއްޖެ

ޅ. ނައިފަރުގެ ގެއެއްގައި ރޯވެ 7 އަހަރުގެ ކުއްޖަކު ފިހިގެން މަރުވެއްޖެ

ޅ. ނައިފަރުގެ ގެއެއްގައި ރޯވެ 7 އަހަރުގެ ކުއްޖަކު ފިހިގެން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޅ. ނައިފަރުގެ އުޑުވިލާ ގޭގައި ރޯވި އަލިފާން ގަނޑު

ޅ. ނައިފަރުގެ އުޑުވިލާ ގޭގައި ރޯވި އަލިފާން ގަނޑު

ޅ. ނައިފަރުގެ ގެއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައި ހަތް އަހަރުގެ ކުއްޖަކު ފިހިގެން މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެރަށު އުޑުވިލާގޭގައެވެ. އަދި މި ހާދިސާގައި މަރުވެފައި ވަނީ ޝުޢައިބު ނަމަކަށް ކިޔާ ކުއްޖެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ އޮތީ ވަރަށް ބޮޑަށް ފިހިފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ އުޑުވިލާގޭގައި ވަރަށް ބޮޑަށް ރޯވެ މީހުން ނެރުމުގެ މަސައްކަތް ކުރި ނަމަވެސް ޝުޢައިބު ނުނެރެވޭކަން އެނގުނީ ވަރަށް ފަހުން ކަމަށެވެ. ގްރޭޑް ދޭއްގައި ކިޔަވަމުންދާ އެ ކުއްޖާގެ އާއިލާއާ ހަވާލާދީ އެ މީހާ ބުނީ އަލިފާން ރޯވިއިރު ޝުޢައިބު އޮތީ ގޭތެރޭގައި ނިދާފައި ކަމަށެވެ.

އުޑުވިލާގޭގައި ރޭ 11 ޖަހަން އުޅެނިކޮށް ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ވެފައި ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.