ދަރުސް ޚަބަރު ”ޢިލްމު އުނގެނުމުގެ މާތްކަން“ މިނަމުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ބާއްވާ ދަރުސެއް މާދަމާރޭ

”ޢިލްމު އުނގެނުމުގެ މާތްކަން“ މިނަމުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ބާއްވާ ދަރުސެއް މާދަމާރޭ

”ޢިލްމު އުނގެނުމުގެ މާތްކަން“ މިނަމުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ބާއްވާ ދަރުސެއް މާދަމާރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އައްޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލް ޙަކީމް

އައްޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލް ޙަކީމް

"ޢިލްމު އުނގެނުމުގެ މާތްކަން" މިނަމުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ބާއްވާ ދަރުސެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒް "ސިސް" ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލް ޙަކީމް އެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި ދަރުސް އަކީ ދަރިވަރުންގެ ހިތުގައި އުފެދޭ އެތައް ސުވާލެއްގެ ޖަވާބު ހޯދުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. އަދި މިއީ އެ ސޮސައިޓީގެ ފަރާތުން 2013 ގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. މީގެ އިތުރުންވެސް އަދި އެތައް ޢިލްމީ ހަރަކާތްތަކެއް މިއަހަރަށް ރޭވިފައި ވާކަމަށް އެ ސޮސައިޓީން ހާމަކުރެއެވެ.

ދަރުސް އޮންނާނީ 8 ފެބްރުއަރީ 2013 ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒް ގެ ފައުންޑޭޝަން އޮޑިޓޯރިއަމް ގައެވެ.

ޔުނިވަރސިޓީގައި ކިޔަވާ ކޮންމެ ދަރިވަރަކަށްވެސް ދަރުސް އަޑުއެހުމަށް އޮޑިޓޯރިއަމް އަށް ވަދެވޭނެ ކަމަށް ސިސް އިން ހާމަ ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.