ރާއްޖޭގެ ޚަބަރު ޢާންމުކޮށް ރާއްޖޭގައި ބޭނުންނުކުރާ މަސްތުވާތަކެތީގެ ބާވަތެއް މިހާރު ރާއްޖޭގައި ބޭނުން ކުރަމުންގެންދޭ: ޕޮލިސް

ޢާންމުކޮށް ރާއްޖޭގައި ބޭނުންނުކުރާ މަސްތުވާތަކެތީގެ ބާވަތެއް މިހާރު ރާއްޖޭގައި ބޭނުން ކުރަމުންގެންދޭ: ޕޮލިސް

ޢާންމުކޮށް ރާއްޖޭގައި ބޭނުންނުކުރާ މަސްތުވާތަކެތީގެ ބާވަތެއް މިހާރު ރާއްޖޭގައި ބޭނުން ކުރަމުންގެންދޭ: ޕޮލިސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އިސްކަންދަރު ބިލްޑިންގގައި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

އިސްކަންދަރު ބިލްޑިންގގައި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

އެކްޓިން ހެޑް އޮފް ޑުރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ ޢާންމުކޮށް ރާއްޖޭގައި ބޭނުންނުކުރާ މަސްތުވާތަކެތީގެ ބާވަތެއް މިހާރު ރާއްޖޭގައި ބޭނުން ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މުޙައްމަދު ރަޝީދު މިހެން ވިދާޅުވީ އިއްޔެ އިސްކަންދަރު ބިލްޑިންގގައި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މޯލްޑިވްސް ކަސްޓަމް ސާރވިސްގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިމަޢުލޫމާތު ފުލުހުންނަށް ލިބުމާ އެކު މިތަކެތި ބެނުންކުރާ މީހުންނާއި މިތަކެތި ގެންގުޅޭ މީހުންގެ އިތުރުން މިތަކެތި ހުރި ހިސާބު ހޯދުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އިއްޔެއާއި މިއަދު މާލޭގައި މަރުވެފައިވާ 2 މީހުން މަރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައި ނުވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކަސްޓަމްސްގެ ޗީފް ކަސްޓަމްސް އޮފިސަރ އަޙްމަދު ސިމާހު ވިދާޅުވީ މިހާރު މީޑިއާތަކުގައި ވާހަކަ ފެތުރެމުންދާ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެލް.އެސް.ޑީ 1998 ވަނަ އަހަރުގެ 0.1 ގުރާމް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރެކޯރޑްތަކުން ދައްކާ ކަމަށާއި ނަމަވެސް އޭގެފަހުން ރާއްޖެއަށް އެބާވަތުގެ މަސްތުވާތަކެތި އެތެރެ ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށެވެ.

މި ބައްދަލުވުމުގައި ނެޝަނަލް ޑުރަގް އެޖެންސީގެ ޗެއާރ ޕާރސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ ފަރުވާ ހޯދުމަށް އެސެންޓަރަށް ދިޔަ 524 ކުދިންގެ ތެރެއިން 4 ކުދިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެލް.އެސް.ޑީ ބޭނުން ކޮށްފައި ހުރިކަމަށާއި ނަމަވެސް އާންމުކޮށް އެބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.