ރާއްޖޭގެ ޚަބަރު ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

Dhiislam_SheikhFareedh_78s5

ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާ ދެކޮޅަށް އުފުލާފައި ހުރި ދަޢުވާތައް އަނބުރާ ގެންދިއުމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކުރީގެ ދައުލަތް ތަކުން ދަޢުވާ އުފުލާފައި އެބެހުރި ކަމަށާއި އެ ދަޢުވާތަކަކީ ހުއްދަނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާތައް ކަމަށެވެ. އަދި ވިދާޅުވީ ދީނީ ނަޞޭޙަތް ދިނުމުގެ ޤާބިލުކަން ހުރި ޔުނިވަސިޓީ ފެންވަރަށް ތަޢުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ މައްޗަށް ހުއްދަ ނެތި ދީނީ ނަޞޭޙަތް ދިނުމުގެ ދަޢުވާއެއް މިހާރު މިއޮތް ޤާނޫނު އަސާސީގެ ދަށުން އުފުލިއްޖެ ނަމަ އެއީ އެބޭފުޅަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

"ބައެއް އިލްމުވެރިންނަށް ކުރީގައި އުފުލިފައި ހުރި ދައުވާތައް އެބަހުރި، މިސާލަކަށް ޝެއިޚް ފަރީދު. އެބޭފުޅާގެ މައްޗަށް އުފުލިފައި ހުރި ދައުވާތަކަކީ ހުއްދަނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާތައް. އަޅުގަނޑު މިކަމާ ބެހޭ ގޮތުން ޝެއިޚް ފަރީދުއާ ވާހަކަ ދައްކައިފިން. އަޅުގަނޑު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެން މި ގޮތަށް ހުރި ދައުވާތައް އަނބުރާ ނަގަން. އެއީ ވަރަށް އަނިޔާވެރިކޮށް އުފުލިފައި ހުރި ދައުވާތަކެއް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ މިނިވަންކަން މިހާ ފުޅާކޮށް ހުޅުވާލެވިފައި އޮތް ދުވަސްވަރެއްގައި އިލްމުވެރިޔާ ދީނާ ޚިލާފް އެއްޗެއް ނުބުނާ ހިނދަކު އެ މީހާގެ ގާބިލުކަން ހުރި މިންވަރަކުން ދީނަށް ދައުވަތު ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ދީނީ ގޮތުން ޚިޔާލް ތަފާތުވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނީ އެ ޢިލްމު ވެރިޔަކާ މަޝްވަރާކޮށްގެން ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އޭގެ ބަދަލުގައި ޖަލަށްލައި ކަސްތޮޅު އަޅައިގެން އެފަދަ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.