ހެންވޭރު ރާޅުގަނޑުސަރަހައްދު ކައިރީ އޮންނަ ޕާކުތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ހާމަކުރާގޮތުގައި މަރުވެފައި އޮއްވައި ރޭ ފަތިހު 3:30 ހާކަންހާއިރު ފުލުހުންނަށް ފެނިފައި ވަނީ ހ. އޮގަސްޓާ، އުމުރުން 21 އަހަރުގެ އަޙުމަދު ނަޒީފް ޝައުކަތު އެވެ. އޭނާގެ ހަށިގަނޑު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ޕާކު ތެރެއަށް ވެއްޓިފައި އޮއްވާ އާންމު ފަރާތަކަށް ފެނިގެން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ދެންމެ ކުރެއްވި ޓުވީޓެއްގައި "އެލްއެސްޑީ" ނަމަކަށް ކިޔާ ފޭކު ބާވަތެއްގެ މަސްތުވާ އެއްޗެއް ރާއްޖޭގައި ސަޕްލައިކުރެވެމުން އެބަދާ ކަމަށާއި އެލްއެސްޑީ އަކީ ހިތް ހުއްޓުވާލަދޭ ނުރައްކާތެރި ޑްރަގެއް ކަމަ ވިދާޅުވެފައި ވެއެވެ.
އިއްޔެގެ ފަތިހުގެ ވަޤުތެއްގައިވެސް 19 އަހަރުގެ ޒުވާނަކު ހުޅުމާލޭ މަގެއްގެ މައްޗައް މަރުވެގެން ވެއްޓިފައި އޮއްވައި ފެނިފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...