ރާއްޖޭގެ ޚަބަރު އައްޑުއަތޮޅުގެ ރަށްތަކަށް ރޭޑިއޯ އެޓޯލްގެ ޚިދުމަތް ދޭން ފަށައިފި. الحمد لله.

އައްޑުއަތޮޅުގެ ރަށްތަކަށް ރޭޑިއޯ އެޓޯލްގެ ޚިދުމަތް ދޭން ފަށައިފި. الحمد لله.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހަސަން ޝިޔާޒު

ރޭޑިއޯ އެޓޯލް 96 އެފް.އެމްގެ ޚިދުމަތް އައްޑުއަތޮޅުގެ ރަށްތަކުގައި ދޭންފަށައިފިއެވެ. الحمد لله.

ދިވެހީންގެ ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ، މިޗެނަލްގެ ޚިދުމަތް އައްޑު އަތޮޅުގެ ރަށްތަކަށް ލިބެން ފެށުމަކީ އެއަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބި، ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ޔަޤީނެވެ. "އީމާންތެރިކަން އިތުރުކުރުމަށާއި، ދީނީގޮތުން ނޭނގޭ ވަރަށް ގިނަ މަޢުލޫމާތުތައް ލިބުމަށް ފަހިވެގެންދިޔަ ވަޞީލަތެއް މިއީ" އައްޑުއަތޮޅުގެ ރައްޔިތަކު ޝުޢޫރު ފާޅުކުރިއެވެ.

ރޭޑިއޯ އެޓޯލް އަކީ މިހާރު ރާއްޖޭގައި ހިންގަމުންދާ ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން އިސްލާމީ އުޞޫލުތަކަށް ރިޢާޔަތްކޮށް، އިސްލާމްދީނުގެ އިމުގެ ތެރޭގައި ހިންގަމުންދާ، މުސްލިމުންނަށް އަޑުއެހުން އެކަށީގެންވާގޮތަށް ޕްރޮގްރާމްތައް ބައްޓަންކުރެވި ފޮނުވަމުންދާ ހަމައެކަނި ޗެނަލެވެ. މިޗެނަލުން ޙަރާމް މިއުޒިކް ނުފޮނުވާ ކަމަކީ ރާއްޖޭގެ އެހެނިހެން ޗެނަލްތަކުން މިނަމޫނާ ބަލައިގަންނަން ޖެހޭ ކަމެކެވެ. ޙަރާމް މިއުޒިކާއި، ހިލޭ އަންހެނުންނާއި ފިރިހެނުން ގުޅުވައިދީ މިބައިމީހުން އެއްކޮށް މަޖާނަގާ ސަމާސާކުރުމަށް މެދުވެރިއެއްގެ ރޯލް ކުޅެދިނުމާއި، މިފަދަ ނޭދެވޭ ކަންތައްތަކުން އެއްކިބާވެ ތިބެ، ޗެނަލްތައް ހިންގިދާނެކަން ރޭޑިއޯ އެޓޯލް ވަނީ ސާބިތުކޮށްދީފައެވެ. ރޭޑިއޯ އެޓޯލް އިން ފޮނުވަމުން ގެންދަނީ ހަމައެކަނި ދީނީ ޕްރޮގްރާމްތައް އެކަންޏެއް ނޫނެވެ. މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި ފޮނުވައެވެ. މީގެ އިތުރުން ޢިޖްތިމާއީ، ސިޔާސީ، ކުޑަކުދިންނަށް ޚާއްޞަ، ޢިލްމީ ވަރަށް މުހިންމު ޕްރޮގްރާމްތައް ފޮނުވައެވެ. އަދި އެންމެ ފާހަނގަ ކޮށްލަންޖެހޭ އެއްކަމަކީ މާލޭގައި ބޭއްވެމުންދާ ގިނަ ދަރުސްތައް ވަގުތުން އަޑުއެހުންތެރިންނާއި ހަމައަށް ފޮނުވުމަށް މިޗެނަލުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމެވެ.

މިފުރުޞަތުގައި ރޭޑިއޯ އެޓޯލްގެ މެނޭޖްމަންޓަށާއި، ހުރިހާ ސްޓާފުންނަށާއި، ސްޕޮންސަރުންނަށާއި، ވޮލަންޓިއަރުންނަށާއި، ތަފާތު ގޮތްގޮތަށް މިޗެނަލަށް އެހީވަމުންދާ އެންމެހައި ފަރާތްތަކަށާއި، ރޭޑިއޯ އެޓޯލްގެ ލޮބުވެތި އެންމެހާ އަޑުއެހުންތެރިންނަށް "ދިއިސްލާމް" ޓީމްގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަޅުގަނޑުމެން އެދެނީ ރޭޑިއޯ އެޓޯލް ކުރިމަގުގައި އިތުރަށް ތަރައްޤީވެ، ރާއްޖޭގެ ހުރިހާ ރަށްތަކަށް މިޗެނަލް ފޯރުކޮށްދެވޭނެ މަގު ﷲ މެދުވެރިކޮށްދެއްވުމެވެ. ރޭޑިއޯ އެޓޯލްގެ މަސައްކަތްތަކުގައި ﷲ ބަރަކާތްލައްވާށި! އާމީން!

ރޭޑިއޯ އެޓޯލް 96 އެފް.އެމް އަޑު އެއްސެވުމަށް އާދަކުރައްވާ

ޓެގް

ރޭޑިއޯ އެޓޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.