އަންނަ މާޗް 10-13 އަށް އިގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ އިންޓަނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ “ޔަންގް ލީޑަޒް ސަމިޓް” ގައި ބައިވެރިވުމަށް މޯލިޑިވިއަން ޑިމޮކްރިޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ދައުވަތު ލިބިފައިވާތީ އެ ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 3 ވަނަ ދުވަހު ހަވީރު 4:00 ޖެހުމުގެ ކުރިން އެމްޑީޕީ ސެކްރެޓޭރިއެޓް ނުވަތަ [email protected] އީމެއިލަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.
ސަމިޓަށް މީހަކު ހޮވުމަށް ބަލާ ކަންތައްތަކުގެ ތެރޭގައި އުމުރުން 35 އަހަރުން ދަށުގެ އެމްޑީޕީ މެމްބަރެއް ކަމުގައިވުން، ޕާޓީގެ ހަރަކާތްތަކުގައި މަދުވެގެން 2 އަހަރު މެދުކެނޑުމެއް ނެތި ބައިވެރިވެފައިވުން، ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތާއި އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާ، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަން އެނގުން އަދި އިނގިރޭސި އާއި ދިވެހި ބަހުން ރިޕޯޓު ލިޔެ ވާހަކަ ދައްކާން އެނގުން ހިމެނެ އެވެ.
މި ސަމިޓުގައި ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ލީޑަރުންގެ މަޝްވަރާތް އަދި ސިޔާސީ ފިކުރު އެއްގޮތްވާ ޕާޓީތަކުގެ މަޝްވަރާ ކޮށް ބައްދަލުކެރާނެއެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުންތަކާއި ސިޔާސީ ވެރިންގެ ހާއްސަ ބައްދަލުވުންތައް ވެސް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން 1 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައި ވަނީ އިގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ފަރާތުންނެވެ.
ސަމިޓަށް ދާ ޒުވާނުންގެ ޚަރަދުތައް އެމްޑީޕީ އިން ހަމަޖެހިފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...