ރާއްޖޭގެ ޚަބަރު ހެރަތެރަ ރިސޯޓް ހިންގާނެ ބަޔަކު ނުވި

ހެރަތެރަ ރިސޯޓް ހިންގާނެ ބަޔަކު ނުވި

ހެރަތެރަ ރިސޯޓް ހިންގާނެ ބަޔަކު ނުވި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ހެރަތެރަ ރިސޯޓްގެ ކޮޓަރި ތަކެއް

ހެރަތެރަ ރިސޯޓްގެ ކޮޓަރި ތަކެއް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑޫގައި ހިންގާ ހެރަތެރަ ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް ނާކާމިޔާބުވެ، ރަށަށް ކުރިމަތިލާނެ ބަޔަކު ނުވި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވީ ސަބްލީސް އެގްރިމަންޓެއްގެ ދަށުން ނުވަތަ އެ ރަށް ގަނެގެން ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލި އެންމެ ފަހުގެ ފުރުސަތު އިއްޔެ ހަމަވި އިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ 546 އެނދުގެ ރިސޯޓް ހިންގަން އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވަނީ ސަބަބެއް ވެސް ނެތިއެއް ނޫން އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ގަން އެއާޕޯޓް ތަރައްގީ ނުކުރެވި އޮތުމެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ރޭވި ޕްރޮޖެކްޓް ވެސް އަދި ކުރިއަށް ނުގެންދެވި އެ އޮތުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން ހެރަތެރަ އަށް ލިބުމުގައި ދަތިވޭ އަދި ހެރަތެރޭގެ އެންވަޔަރަމަންޓަލް އިޝޫތަކެއް ވެސް އެބަހުރި ކަމަށާއި ރާއްޖޭގައި ޕްރެކްޓިސް ކުރެވޭ ބައެއް ގާނޫނުތައް އިންޓަނެޝަނަލް ޕްރެކްޓިސްތަކާ ބީރައްޓެހި ގޮތަކަށް ހުންނާތީ ވެސް އިންވެސްޓަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ޑިރެކްޓަރު މުހައްމަދު  މަތީން ވިދާޅުވި އެވެ.

މީގެ އިތުރުން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވީ އެކިއެކިފަހަރު މަތިން މުއްދަތު އިތުރުކޮށްގެން ހެރަތެރަ ހިންގާނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވިޔަސް އެމްޓީޑީސީން ދެން ވެސް މަސައްކަތް ކުރާނީ “އަތްފުނާ އަޅައިގެން އިންވެސްޓަރަކު ލިބޭތޯ” ކަމަށެވެ. އެގޮތުން ކުރިއަށް 2 ދުވަހެއްގެ ތެރޭގައި އެކަން ކުންފުނީގެ ބޯޑަށް ހުށަހަޅާނެ ކަމަށް މަތީން ވިދާޅުވި އެވެ.

ހެރަތެރަ މީގެ ކުރިން ހިންގަން ރާއްޖޭގެ އެކި ކުންފުންޏާ ހަވާލުކޮށްގެން ވެސް އެމްޓީޑީސީން ވަނީ ނާކާމިޔާބް ތަޖުރިބާތަކެއްކޮށްފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.