ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުން ބޭއްވި “ޢަޤީދާ”ވޯކްޝޮޕް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

ޖަމްޢިއްޔަތުއްސަލަފުން ބޭއްވި “ޢަޤީދާ”ވޯކްޝޮޕް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޖަމްޢިއްޔަތުއްސަލަފުން ބޭއްވި “ޢަޤީދާ”ވޯކްޝޮޕް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މިމަހު 26 އަދި 27 މި ދެދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި ބޭއްވި މިވޯކްޝޮޕްގައި 100 ބައިވެރިން ބައިވެރިވެފައިވާކަމަށް ޖަމިއްޔަތުއް ސަލަފްގެ އޮފިޝަލަކު ދިއިސްލާމްއަށް ވަނީ މައުލޫމާތު ދީފައެވެ. ޖުމްލަ 5 ޝެއިހަކު އެކި ޝެޝަން ތަކުގައި ބައިވެރިންނަށް ތަފާތު މައުލޫމާތުތައް ހިއްސާ ކޮށްފައިވާއިރު މިއީ 'ކާމިޔާބު ވޯކްޝޮޕެއް'ކަމަށް ސަލަފުން ހާމަކުރެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ކޮންމެ ބައިވެރިއެއްގެ އަތުން 250 ރުފިޔާގެ ފީއެއްގެ ގޮތުގައި ނަގާފައިވާއިރު އެއީ ކުޑަ އަދަދެއްކަމަށް ބައިވެރިއަކު ހާމަކުރިއެވެ. "މިވޯކްޝޮޕްގެ ފުރިހަމަ ކަމާއި އަޅާ ބަލާއިރު 250 ރުފިޔާ ހަގީގަތުގައި ކުޑަ. މިފަދަ ވޯކްޝޮޕް ތަކުގައި ފީ އެއް ދީގެންވެސް ބައިވެރިވާން ރަނގަޅު. މިއީ މިހާތަނަށް ބައިވެރިވިވެވުނު އެންމެ ފުރިހަމަ ދީނީ ހަރަކާތް" ކަމަށް ވޯކްޝޮޕްގެ ބައިވެރިއަކު ހާމަކުރިއެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.