ދަރުސް ޚަބަރު ”އިންސާނާއަށް ވަނީ މަޖުބޫރު ވެފައިބާ؟“ މި ނަމުގައި ޝައިޚް އިލްޔާސްގެ ދަރުސް އެއް އަންނަ ހުކުރު ދުވަހުގެރޭ

”އިންސާނާއަށް ވަނީ މަޖުބޫރު ވެފައިބާ؟“ މި ނަމުގައި ޝައިޚް އިލްޔާސްގެ ދަރުސް އެއް އަންނަ ހުކުރު ދުވަހުގެރޭ

”އިންސާނާއަށް ވަނީ މަޖުބޫރު ވެފައިބާ؟“ މި ނަމުގައި ޝައިޚް އިލްޔާސްގެ ދަރުސް އެއް އަންނަ ހުކުރު ދުވަހުގެރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ދަރުސް ގެ ބެނާ | ދިއިސްލާމް ފޮޓޯ

ދަރުސް ގެ ބެނާ | ދިއިސްލާމް ފޮޓޯ

”އިންސާނާއަށް ވަނީ މަޖުބޫރު ވެފައިބާ؟“ މި ނަމުގައި އައްޝައިޚް އިލްޔާސް ހުސައިންގެ ދަރުސް އެއް އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސްގައި އިންސާނާއަށް ލިބިގެންވާ އިޚްތިޔާރާއި ޤަޟާ ޤަދަރަށް އަލި އަޅުވާލެވޭނެ ކަމަށް ދަރުސް އިންތިޒާމް ކުރުމުގައި އުޅުއްވާ އަދާލަތު ޕާޓީގެ ބޭފުޅަކު ވިދާޅުވިއެވެ. އަދި ސުވާލާއި ޖަވާބު ސެޝަން އެއް ގެންދެވޭނެ ކަމަށާއި މި ސެޝަންގައި ޖަވާބު ދެއްވުމުގެ ގޮތުން ބައިވެރި ވެލައްވާނީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް އާއި އައްޝައިޚް އިލްޔާސް ޙުސްއިން އާއި އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އާއި އައްޝައިޚް މުޙައްމަދު ލަޠީފް އާއި އައްޝައިޚް ހައިޝަމް މުޙައްމަދު އަދި އައްޝައިޚް ޢަލީ ޒާހިރު އެވެ.

ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ 1 ފެބްރުއަރީ ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި އަލިމަސް ކާނިވާ ސްޓޭޖް ގައެވެ.

ވީހާވެސް ގިނަ އަޚުންނާއި އުޚުތުން މި ދަރުސް އަޑުއައްސަވާލެއްވުމަށް ވަޑައިގެން ދެއްވުމަށް އަދާލަތު ޕާޓީން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.