އަރަބިދުނިޔެ މިޞްރުގެ ހަމަނުޖެހުން ބޮޑު ތިން ސަރަޙައްދުގައި ކުއްލިޙާލަތު އިޢުލާނުކޮށްފި

މިޞްރުގެ ހަމަނުޖެހުން ބޮޑު ތިން ސަރަޙައްދުގައި ކުއްލިޙާލަތު އިޢުލާނުކޮށްފި

މިޞްރުގެ ހަމަނުޖެހުން ބޮޑު ތިން ސަރަޙައްދުގައި ކުއްލިޙާލަތު އިޢުލާނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Mursi_29062012

މިޞްރުގެ ރައީސް މުޙައްމަދު މުރުސީ އެޤައުމުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގެ ތިން ސަރަޙައްދެއްގައި ކުއްލިޙާލަތު އިޢުލާނުކުރަައްވައިފިއެވެ.

އާދިއްތަދުވަހުގެ ރޭ ޤައުމާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުރުސީ ވަނީ ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގަމުންދާ ތިން ޕްރޮވިންސް ކަމުގައިވާ ޕޯޓް ސަޢީދާ، ސުއޭޒް އަދި އިސްމާޢީލިއްޔާގައި 30 ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު ތަންފީޒުކުރެއްވިކަން އިޢުލާނުކުރައްވައިފައެވެ.

ރައީސް މުރުސީ ވަނީ ހަމަނުޖެހުންތައް މައިތިރިނުވެއްޖަނަމަ މިޞްރުގެ ސަލާމަތަށްޓަކައި އިތުރު ފިޔަވަޅުތައް އަޅުއްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ. އަދި މިޞްރަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ޞުލްޙައިގެ މޭޒު ދޮށަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ދަޢުވަތުވެސް ދެއްވައިފައެވެ.

މިޞްރުގައި މިހާރު ކުރިޔަށްދާ ހަމަނުޖެހުންތަށް ފެށެން މެދުވެރިވީ މިދިޔަ އަހަރު މިޞްރުގެ ޕޯޓް ސަޢީދުގައި ކުޅެވުނު ފުޓް ބޯޅަ މެޗަކަށް ފަހު އެރަށަށް ނިޞްބަތްވާ އަލްމިޞްރީ ކްލަބްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކުގައި ކުށްވެރިވާ 21 މީހެއްގެ މައްޗަށް މިޞްރުގެ ކޯޓަކުން މަރުގެ ޙުކުމް އިއްވުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި 70  އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަލްމިޞްރީ އާއި ވާދަވެރި ޤާހިރާއަށް ނިޞްބަތްވާ އަލްއަހްލީ ކްލަބްގެ ސަޕޯޓަރުންނެވެ.

މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި 33 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ރައީސް މުރުސީ ވަނީ ކޯޓުގެ ޙުކުމަށް އިޙުތިރާމްކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.