ދިއިސްލާމް މަޖައްލާގެ 20 ވަނަ ޢަދަދު [2013 ޖެނުއަރީ މަހުގެ ޢަދަދު] ބާޒާރަށް ނެރެފިއެވެ.
މިޢަދަދުގެ ކަވަރ ސްޓޯރީއަކީ ޢަލީ ނަޢީމް (ވޭވަށް)- ލިޔުއްވާފައިވާ “ދަރިފުޅު ލިޔުނެވެ... މިއަޅާ ޓީވީއަކަށް ހައްދަވާންދޭވެ!” މިއެވެ.
މިފަހަރުގެ މަޖައްލާގައި ފާހަގަކޮށްލެވޭ ބައެއް ލިޔުންތަކުގެ ތެރޭގައި:
- އައްޝައިޚް އާދަމް ޝަމީމް ލިޔުއްވާފައިވާ “ވެކްސިން ދިނުމަކީ ހުއްދަ ކަމެއްތޯ” ،
- ޑރ. ޢަބްދުލް ޢަޒީޒް ޙަމީދު (އެމްބީބީއެސް) ލިޔުއްވާފައިވާ “ނުސީދާކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން” ،
- ޑރ. މުޙައްމަދު އިޔާޟު ޢަބްދުއްލަތީފް ލިޔުއްވާފައިވާ “ކުޑަކުދިން ނިދީގައި ގިނަގިނައިން ސިއްސައިގެންގޮސް ނުނިދާނަމަ...” ،
- “އަންހެން ދަރިފުޅަށް ބައްޕައެއްގެ ވަޞިއްޔަތް” ،
- “ތަޢުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ނަތީޖާ ވަރަށް ހިތި” ،
- “ތަލްބީނާ – ބަލިމީހާގެ ހިތައް ތާޒާކަން ގެނެސްދޭ ނަބަވީ ބޭސް” ،
- “ސިގިރޭޓް ޙަރާމެެވެ! ދަލީލު ބޭނުން ފުޅުތޯއެވެ؟” ،
- “ވާހަކަ: “ބައްޕައަށް ނުބައިކޮށް ހިތުމުގެ ނަތީޖާ” ހިމެނެ އެވެ.
- “އައިޓީ ޕޭޖްގައި “ އެންމެ މިނެޓެއްގެ ތެރޭގައި އިންޓަރނެޓްގައި ހިނގާ ބައެއް ކަންކަން ”
ތުއްތުކުދިންނަށް ޚާއްސަ ޕޭޖް ކަމަށްވާ “ތުއްތުކުދިންގެ ބަގީޗާ” ޞަފްޙާގެ އިތުރުން، “ސުވާލާއި ޖަވާބު” ، އިންފޮމޭޝަން ޓެކްނޮލޮޖީ” ، “ފޮތް ހަރުގަނޑު” ، “ރިވެތި އަޚްލާޤް” ، “ސުފުރާ” ، “އެނގޭތަ؟” ފަދަ ބައިތައް މިޢަދަދުގައިވެސް ހިމެނެއެވެ.
ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މި މަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގައެވެ.
މިމަޖައްލާގެ އަގަކީ 15 ރުފިޔާއެވެ. މިމަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުންވެސް ލިބެން ހުންނާނެއެވެ.
މަޖައްލާ މާލެއިން ލިބެން ހުންނާނެ ތަންތަނުގެ ތެރޭގައި :
* ލޭޒާރ ޕްރިންޓް،
* އަސްރަފީ ބުކްޝޮޕް،
* ނޮވެލްޓީ ބުކްޝޮޕް،
* ޗާންދަލިޔާ ބުކްޝޮޕް،
* މިލިޔަން ބުކްޝޮޕް،
* ރާދަ ބުކްޝޮޕް،
* ނޮލެޖް ބުކްސެންޓަރ،
* ރައުންޑްވަން ބުކްޝޮޕް،
* ޕްލާޒާ ޓެކްސްޓައިލް،
* ހަތްދިހަ ނަންބަރު ފިހާރަ،
* ރިސާލާ ބުކްޝޮލް،
* ފޮންޓާނާ ބުކްޝޮޕް،
* އަބާޔާ ފިހާރަ،
* ފްރީޒް ބްރޭންޑް
އަދި
* ޖިލްބާބް ސޭލް
ހިމެނެ އެވެ.
“ޝޮޕް4މުސްލިމްސް.ކޮމް”ގެ ފަރާތުން ދަނީ ދިއިސްލާމް މަޖައްލާ މާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދިނުމުގެ ޚިދުމަތް ދެމުންނެވެ.
އެގޮތުން މަޖައްލާ ބޭނުންވާ ފަރާތްތަކުން ނަންބަރު 7848414 ށް ގުޅުއްވާފައި އެދިލެއްވުމުން އެބޭނުންފުޅުވާ ތަނަކަށް ގެންގޮސްދެވޭނެ ކަމަށް “ޝޮޕް4މުސްލިމްސް.ކޮމް”އިން ބުނެއެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ “އަދާލް” ފިހާރަ، ހއ. ހޯރަފުށި، “ޕެޕަރމިންޓް” ، ތ. ވޭމަންޑޫ “ކިނބިކުރި” އާއި ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ވެސް “ދިއިސްލާމް” މަޖައްލާ ފޯރުކޮށްދެމުން ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...