ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލޯބިކުރުން މިނަމުގައި މިރޭ ވިލިމާލޭގައި ދަރުސްއެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ޕީސް ފައުންޑޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އަލް އަޚް މުޙައްމަދު ޝަމްމޫން އެވެ. އަދި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ޢިޝާ ނަމާދަށް ފަހު މަސްޖިދުލް އިޚްލާސް (ސޮނީ މިސްކިތު) ގައެވެ.
ވީހާވެސް ގިނަ ބޭފުޅުން މިދަރުސް އަޑުއެއްސެވުމަށް ވަޑައިގެންދެއްވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...