ރާއްޖޭގެ ޚަބަރު މަލީޝާ ޙައްޖުގްރޫޕްގެ ވެރިޔާ ގޭބަންދަށް ބަދަލުކޮށްފި

މަލީޝާ ޙައްޖުގްރޫޕްގެ ވެރިޔާ ގޭބަންދަށް ބަދަލުކޮށްފި

މަލީޝާ ޙައްޖުގްރޫޕްގެ ވެރިޔާ ގޭބަންދަށް ބަދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޙައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް ޢަބްދުއްލަތީފް ގޭބަންދަށް ބަދަލުކޮށްފިއެވެ.

އިސްމާއީލް ޢަބްދުއްލަތީފް ހައްޔަރު ކުރެވިފައިވަނީ އޭނާ ފިލައިގެން އުޅެނިކޮށް ލަންކާގެ މައުންޓް ލެވްނިއާ ނަމަކަށް ކިޔާ ހޮޓެލްގައި ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަޤުތެއްގައި ލަންކާ ފުލުހުންގެ އެހީގައެވެ. އެއިރު އޭނާ ހޯދުމަށް އިންޓަޕޯލުން އޮތީ ރެޑްނޯޓިސްވެސް ނެރެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޢަބްދުއްލަތީފް މިހާރު ވަނީ ގޭބަންދަށް ބަދަލުކުރެވިފައި ކަމަށާއި ގޭބަންދަށް ބަދަލުކުރިތާ ދެ ދުވަސް ވަރު ވެދާނެ ކަމަށެވެ.

އަބްދުއްލަތީފް ވަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން 11.9 މިލިއަން ރުފިޔާ ނަގާފައެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ އިން އޮޅުވާލުމުން ހައްޖަށް ނުދެވި ތިބި ހުރިހާ މީހުން މިއަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.