އިމާމް ޕްރޮފެޝަނަލިޒަމް ކޯހުގެ ބައިވެރިން މެލޭޝިއާގެ މުހިންމުތަންތަނަށް ޒިޔާރަތްކޮށްފިއެވެ. ރާއްޖެއިސްލާމަށް ޚަބަރު ލިބުނު ގޮތުގައި އިމާމު ކޯހުގެ ބައިވެރިން މިއަދު ޒިޔާރަތްކުރި މުހިންމު ތަންތަނުގެ ތެރޭގައި މެލޭޝިއާގެ ދީނީ ހޭލުންރިކަން އިތުރުކުރުމާބެހޭ ޑިޕާރޓްމަންޓް ކަމުގައިވާ ޕުތުރާޖާޔާގައިހުންނަ "ޖާކިމް" އާއި، ޕަތުރާ މިސްކިތުގެ އިތުން ތުއާންކް މިޒާން ޒައިނަލް ޢާބިދީން މިސްކިތް ހިމެނެއެވެ.
ކޯހުގެ ބައިވެރިން އެންމެ ފުރަތަމަ ޒިޔާރަތްކުރީ ޖާކިމް އަށެވެ. އެތަނުން ކޯހުގެ ބައިވެރިންނަށް ވަރަށްހޫނު މަރުޙަބާއެއް ކިޔުމުގެއިތުރުން އެތަނުން ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލުމާތު ކޯހުގެ ބައިވެރިންނަށް ދެއްވިއެވެ. މީގެ އިތުރުން ކޯހުގެ ބައިވެރިންގެފަރާތުން ހުށަހެޅި ސުވާލުތަކަށް އެޑިޕާޓްމަންޓްގެ ފަރާތުން ޖަވާދެއްވިއެވެ. އަދި ތަނުގެ މުހިންމު މަޢުލޫމާތު ހިމެނޭ ފޮތެއް ކޯހުގެ ބައިވެރިންނަށް ހަދިޔާކުރުން އޮތެވެ. މިފޮތާ ޙަވާލުވެވަޑައިގަތީ ކޯހުގެ ލީޑަރު ކަމުގައިވާ އަލްއަޚް ޢަލީ ވަޙީދެވެ.
ކޯހުގެ ބައިވެރިން ޒިޔާރަތްކުރި ޕުތުރާ މިސްކިތުންނާއި، ޒައިނަލް ޢާބިދީން މިސްކިތާބެހޭގޮތުން ކޯހުގެ ބައިވެރިންނަށްވަނީ ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ދެއްވާފައެވެ.
އިމާމް ޕްރޮފެޝަނަލިޒަމްގެ ކޯސް ނިންމާފައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 8 ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...