ރާއްޖޭގެ ޚަބަރު "ޔަލަމްލަމް ހައްޖު އެންޑް އުމްރާ ސާވިސް" ގެ ނަމުގައި އާ ހައްޖު ޖަމާޢަތެއް އުފައްދައިފި

"ޔަލަމްލަމް ހައްޖު އެންޑް އުމްރާ ސާވިސް" ގެ ނަމުގައި އާ ހައްޖު ޖަމާޢަތެއް އުފައްދައިފި

"ޔަލަމްލަމް ހައްޖު އެންޑް އުމްރާ ސާވިސް" ގެ ނަމުގައި އާ ހައްޖު ޖަމާޢަތެއް އުފައްދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
1433 ވަނަ އަހަރުގައި ޙައްޖުވެރިން މިނާގައި | ދިއިސްލާމް ފައިލް ފޮޓޯ

1433 ވަނަ އަހަރުގައި ޙައްޖުވެރިން މިނާގައި | ދިއިސްލާމް ފައިލް ފޮޓޯ

ރާއްޖޭން މީހުން ހައްޖަށާއި އުމްރާ އަށް ގެއްދިއުމުގެ ޚިދުމަތް ދިނުމަށް އައު ހައްޖު ޖަމާއަތެއް އުފައްދައިފިއެވެ.

ހައްޖަށް މީހުން ގެންދިއުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ތިން ބޭފުޅުން ކަމަށްވާ ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދާއި އަހްމަދު ޝާކިރު  އަދި އަހްމަދު ސަލީމް އިސްކޮށް ތިއްބަވައިގެން އުފެއްދެވި މި ޖަމާޢަތަށް ކިޔަނީ "ޔަލަމްލަމް ހައްޖު އެންޑް އުމްރާ ސާވިސް" އެވެ.

ޝައިޚް މުޙައްމަދު ރަޝީދު ވިދާޅުވިގޮތުގައި ރޯދަ މަހުގައި އޮންނަ ދިގު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ވަނީ ލިބިފައި ކަމަށާއި މި ޖަމާޢަތް އިފްތިތާހު ކުރުމާ ގުޅިގެން ބައެއް ބޭފުޅުން މިހާރުއްސުރެ ފައިސާ ދައްކަމުން އެބަގެންދާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ދިގު އުމްރާ އަށް އެ ގްރޫޕުން ނަގަން އުޅެނީ 36،000 ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދެއް ކަމަށާއި އެއަދަދަށް ނަގަނީ ހަރަމްފުޅާ ވީހާވެސް ކައިރިން ހޮޓާ ހިފުމަށްޓަކައި ކަމަށް އެ ގްރޫޕްތގެ އެއް ހިއްސާދާރު ކަމަށްވާ ޝައިޚް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މި ޖަމާޢަތުގެ މަޤްޞަދަކީ ވީހާ ވެސް އަގު ހެޔޮކޮށް އެންމެ ހިތްހަމަޖެހޭ، އިޚްލާސްތެރި ޚިދުމަތެއް ހައްޖާއި އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ފޯރުކޮށްދިނުން ކަމަށާއި މި ޖަމާޢަތާ ގުޅުމުން ތަޖުރިބާ ހުރި މީހުންގެ އޯގާތެރި ޚިދުމަތާއި ހައްޖާއި އުމްރާގެ ތެރޭގައި 24 ގަޑިއިރުގެ ސިއްހީ ހިދުމަތް ލިބޭނެ ކަމަށް ޝައިޚް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

އަލަށް މި އުފެއްދި ހައްޖު ޖަމާއަތުގެ އޮފީސް ހުންނަނީ އަހްމަދު ޝާކިރުގެ އަމިއްލަ ގެ މއ. ކަށިމާ ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.