ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫސިޓީ ހުޅުމީދޫގައި

ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫސިޓީ ހުޅުމީދޫގައި

ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫސިޓީ ހުޅުމީދޫގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ހުޅުމީދޫގައި 2011ގައި އޮތް އަދާލަތް ޕާޓީ ޖަލްސާ އެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު އައްޔޫބް

ހުޅުމީދޫގައި 2011ގައި އޮތް އަދާލަތް ޕާޓީ ޖަލްސާ އެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު އައްޔޫބް

ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫސިޓީ ހުޅުމީދޫގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޢަދާލަތު ޕާޓީގެ މި ޖަލްސާ ބޭއްވުމުގައި އިސްކޮށް ހަރަކާތް ތެރިވާ ބޭފުޅެއް ކަމަށް ވާ އިބްރާޙިމް ރަޝީދް (އަންޖޫ) ވިދާޅުވި ގޮތުގައި މިރޭ 20:30 ގައި ހުޅުމީދޫ މަލްޓި ޕާޕަސް ހޯލު ގައި ބާއްވާ މި ޖަލްސާގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޭގެ ތެރޭގައި ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އާއި ޕާޓީގެ ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޢަބްދުﷲ މުއްޠަލިބު ހިމެނެ އެވެ.

ޢަދާލަތުން ހާމަކުރާ ގޮތުގައި، އެޕާޓީގެ ޓީމުގެ އައްޑޫ ދަތުރު ނިންމާލުމަށް ފަހު ފުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ.

ޢަދާލަތު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން، އެ ޕާޓީން ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޕާޓީން ބުނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.