ރާއްޖޭގެ ޚަބަރު އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރ މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފި

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރ މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފި

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރ މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މިއަދު މެންދުރު ހިތަދޫ ޕަވާޕާރކްގެ މަނާ ސަރަހައްދެއްގައި ޑެޕިއުޓީ މޭޔާ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް. - ފޮޓޯ :އައްޑޫލައިވް

މިއަދު މެންދުރު ހިތަދޫ ޕަވާޕާރކްގެ މަނާ ސަރަހައްދެއްގައި ޑެޕިއުޓީ މޭޔާ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް. - ފޮޓޯ :އައްޑޫލައިވް

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދު ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ އާންމުންގެ ބަޔަކު ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

އިއްޔެ މެންދުރު ހިތަދޫ ޕަވާޕާރކް ރެސްޓޯރެންޓްގެ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ސިނގެރޭޓް ބޯން ހުއްޓާ އާއްމުންގެ ބަޔަކު ވަނީ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑީއާގައި ހިއްސާކޮށް އަދި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯރޓްކޮށްފައެވެ.

ގާނޫނު ނަންބަރު 15/2010 ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އާއްމު ތަންތާގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ ވަކި ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެގޮތުން ޕަވަރޕާކްގައި އެ ފަދަ ސަރަހައްދެއް ވަނީ ގާއިމްކޮށްފައެވެ. ނަމަވެސް ޑެޕިއުޓީ މޭޔަރ ދުންފަތުގެ އިސްތިއުމާލު ކުރަން އިނީ އެތަނުގެ މަނާ ސަރަހައްދުގައިއެވެ.
ގާނޫނުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ ފުރަތަމަ ފަހަރަށް -/500 ރުފިޔާއިން ޖުރިމަނާ ކުރެވެއެވެ.

ހަސަން ޝާހިދު ސިނގިރޭޓް ބޯން ހުރި އިރު އެމޭޒުގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ހުސެއިން ހިލްމީގެ އިތުރުން އައްޑޫ ސިޓީ ސިވިލްސާވިސް އާއި ހަވާލު ވެ ހުންނެވި އަބްދުﷲ ހާނީވެސް އިންނެވިއެވެ.

މިހާރުވެސް ހުޅުމީދުގައިޔާ ކައުންސިލްގެ ތެރޭގައި ދަނީ ޑެޕިއުޓީ މޭޔަރގެ އަހްލާޤީ މައްސަލަތަކެއްގެ ވާހަކަ ދެކެވެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.