އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނުލިބޭ އެންމެ ޒުވާނަކު އަދި އެންމެ ރައްޔިތަކު ނުބަހައްޓާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ކާނިވަލް ސަރަހައްދުގައި އެމްޑީޕީގެ މިއަހަރުގެ ސިޔާސީ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިއުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ވަޢުދު ފުއްދާ ޕާޓީއެއް ކަމަށާއި ވަޢުދު ވަނީ ވައުދު ފުއްދޭނެ ކަން އެނގޭތީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށާއި އެހެން ނަމަވެސް މިއަދު ރާއްޖޭގެ އާބާދީގައި ޒުވާނުން ތިބި ނިސްބަތަށް ބަލާ އިރު ވަޒީފާގެ ފުރުޞަތު ނެތް އެތައް ޒުވާނުންނެއް ތިބި ކަމަށެވެ. އެހެން ކަމުން އެމްޑީޕީ ގެ ވެރިކަމެއްގައި އާބާދީގެ ނިސްބަތުން ވަޒީފާގެ ފުރުޞަތު ހޯދައި ދޭނެ ކަމަށާއި އަދި ވަޒީފާ އަދާ ކުރާ މީހެއްގެ އެންމެ ދަށް މުސާރަ އެއްގެ ގޮތުގައި 4500 ރުފިޔާ ޤާނޫނެއްގެ ދަށުން ކަނޑައަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ރިސޯޓު ތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަލިއަޅުވާލައި ވިދާޅުވީ ވަޒީފާ އަދާ ކުރާ ތަނުގައި ނުވަތަ މަސައްކަތް ކުރާ މާހައުލުގައި ނިދުމަކީ އެއީ ނަވާރަ ވަނަ ގަރުނުގައި ކޮށް އުޅުނު ކަމެއް ކަމަށާއި އަދުގެ ތަހުޒީބީ މުޖުތަމައުތަކުގައި އެ ކަމަކީ މިހާރުދޫ ކޮށްލާފައިވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...